twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނާސިރާގެ ފައިސާއިން ކުޅުދުއްފުށީގެ ހަތަރު މީހަކަށް ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފި

Apr 22, 2017

މާލޭގެ ބާޒާރު މަތީގައި  އުޅެނިކޮށް ނިޔާވި ނާސިރާ އަބްދުﷲ ގެ މިލްކިއްޔާތުގައި ހުރި ފައިސާއިން ނުކުޅެދުންތެރިކަން ހުންނަ ކުޅުދުއްފުށީ ހަތަރު މީހަކަށް ޒަމާނީ ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފި އެވެ.

މި ގޮނޑިތައް ހަދިޔާ ކޮށްފައިވަނީ ކުރީގެ ޑިސޭބިިލިޓީ އެމްބެސަޑާ އަހުމަދު ހިޝާން އެވެ. މި ހަތަރު ގޮނޑި ލިބުނީ ކުޅުދުއްފުށީގެ ތިން މީހަކަށާއި ނޮޅިވަރަންފަރު މީހަކަށެވެ. އެއީ އަހުމަދު އަލީ، މުހައްމަދު އިބުރާހިމް، ފާތުމަތު ރަޝީދާ، އަދި ނޮޅިވަރަންފަރު ފާތިމަތު ފައުޒިއްޔާއަށެވެ.

ގޮނޑި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިސާން ވާހަކަދައްކަވަނީ–

ގޮނޑިތައް ހަވާލުކުރުމަށް މިއަދު ހަވީރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ އަތޮޅުތެރޭގައި ތިބި މިފަދަ ކުދިންނަށް ގޮނޑި ހަދިޔާކުރުމުގައި ފުލުހުންގެ އެހީތެރިކަމާއި އޯގާތެރިކަން ވަރަށް ބޮޑަށް ލިބުނުކަމަށާއި ފުލުހުން އެއްބާރުލުން ނުދެއްވިނަމަ މިއަދު މިކަމެއް ކާމިޔާބު ނުވީސްކަމަށް ހިސާން ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުއްޓާ ހަމައަށް ވެސް ގޮނޑިތައް ގެނެސްދިނުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާ ފުލުހުންނަށް ޝުކުރުއަދާކުރެއްވި އެވެ.

ގޮނޑި ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

ފުލުހުންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އޯގާތެރިވުމުގެ ސިފަ އަށަގަނެވިފައިވާ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށާއި އެކަމަށްޓަކާ ފުލުހުންގެ ވެރިންނަށް ހިސާން ޝުކުރުއަދާކުރެއްވި އެވެ

ހިސާން ވިދާޅުވީ ކުޑަ ރަށަކަށްވުމުން ކުޑަކޮށް ކަންތައް ކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އަދި ކުޑަ ރަށްށަކަށް ކުއްޖަކު އުފަންވުމަކީ ކުއްޖާގެ ވެސް ކުށެއް ނޫން، އަތޮޅުތެރޭގައި ކޮންމެ ކުއްޖަކަށްވެސް މާލޭގައި ކުދިން ދުއްވާ ގޮނޑި ލިބެން ޖެހޭނެކަމަށް ހިސާން ވިދާޅުވި އެވެ.

” އަޅުގަނޑުކުރާ މަސައްކަތެއްގައި އަތޮޅުތެރެއަށް ނިސްބަތްވާތީއޭ ކިޔާފަ ނޫނީ ކުޑަ ރަށަކަށް ނިސްބަތްވެޔޭ ކިޔާފަ ބާކީނުކުރާނަށް ” ހިސާން ވިދާޅުވި އެވެ.

މިފަދަ ޒަމާނީ ފުރޮލީ ގޮނޑި އެސްޓީއޯގެ ސްކީމްގެ ދަށުން ލިބޭކަމަށާއި އިސްނަގައިގެން އެފަދަ ބޭނުންތައް ޖެހިފައި ތިބޭ މީހުންނަށް އެހީތެރިވުމަށް އޭނާ ގޮވާލެއްވި އެވެ.

މިރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުރި ކުދިންގެ އާއިލާތަކާއި ކުޅުދުއްފުށީގައި ސަރުކާރުގެ ވެރިން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355