ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ސްޓެލްކޯއިން ފިއުލް ސާރޗާޖު ކުޑަކޮށްފި އެވެ.
ސްޓެލްކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ކަރަންޓަށް ފިއުލް ސާރޗާޖުގެ ގޮތުގައި ނަގަމުންދާ ވަރުން ކޮންމެ ޔުނިޓަކުން 8 ޕަސެންޓް ކުޑަވާނެ ކަމަށެވެ.
އެގޮތުން ދެން ޑީސަލް ގަންނަން ލިބޭނީ 9.18 ރުފިޔާއަށެވެ. މިއީ މިހަރު ޑީސަލް ގަންނަން ލިބޭ އަގަށްވުރެ ލިޓަރަކުން 10 ލާރިގެ ކުޑަވުމެކެވެ.