ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވެސް ކަރަންޓްގެ އަގުހެޔޮ ކުރުމަށް ނިންމައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ފޭސްބުކް ގުރޫޕުގައި މިއަދު އާންމު ކޮށްފައި ވަނީ ތެލަށް އައި ބަދަލާއި ގުޅިގެން ކަރަންޓް ބިލުން ޔުނިޓަކުން ތިން ލާރި ހެޔޮކުރުމަށް ފެނަކައިގެ ބޯޑުން ނިންމަވާފައިވާ ކަމަށެވެ.
މިމަހުގެ ތެރޭގައި ވަނީ އެސްޓީއޯއިން ތެޔޮ އަގުހެޔޮ ކޮށްފައި އެވެ. އަދި ތެޔޮގެ އަގުހެޔޮޮ ކުރުމާ ގުޅިގެން ސްޓެލްކޯ އިން ވެސް ވަނީ ކަރަންޓް އަގު ހެޔޮކޮށްފަ އެވެ.