ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރުން މި އަހަރުގެ ނިޔަލަށް ހުރިހާ ސްކޫލަކަށް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
“ޝާމިލްކުރުމުގެ ތައުލީމީ މަހާސިންތާ” ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާރ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވާދެއްވާ ޓީޗަރުންނަށް ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިންގައި 217 ޓީޗަރުން ފާއިތުވީ 2 އަހަރުގެ ތެރޭގައި ތަމްރީނުކޮށްފައި ވާ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެއްވާނެ ޑިގްރީ ފެންވަރުގެ 23 ޓީޗަރަކު ސްކޫލްތަކާ އަލަށްގުޅޭނެ ކަމަށާއި އަދި އަލަށް ފަރުމާކޮށްފައިވާ ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯހުގައި އޯޓިޒަމަށް ހާއްސަ މޮޑިއުލެއް ހިމާނާފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
“ޝާމިލްކުރުމުގެ ތައުލީމީ މަހާސިންތާ” އަކީ އުގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދެއްވާ ޓީޗަރުން އިތުރަށް ހަރުދާނަކުރެއްވުމުގެ މަގުސަދުގައި ކުރިއަށް ގެންދަވާ މަހާސިންތާއެކެވެ. މި މަހާސިންތާ އިފްތިތަހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.