twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ހުރެ ރަށް ތަރައްގީކޮށްދޭނެކަން ސާބިތުކޮށްދޭނަން: އާދަމް ޝަރީފް

May 3, 2017

ޕާޓީއަކާ ނުގުޅި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ހުރެ ރަށް ތަރައްގީކޮށްދޭނެކަން ސާބިތުކޮށްދޭނެކަމަށް ކުޅުދުއްފުށީ ކައުންސިލަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވާފައިވާ އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އޭނާ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ކުޅުދުފުއްޓަށް ބޭނުންވާ ތަރައްގީއާއި ރަށަށް ލިބޭ ރީތިނަން ރަށުގެ ރައްޔިތުންނަށް އަޑުއިއްވައިދޭނެ ކަމަށެވެ.

އާދަމް ޝަރީފް ބުނެފައި ވަނީ ރައްޔިތުންގެ ހައްގުތަކާއި ތަރައްގީއަށް ހުރަސްއެޅުމުގެ އިތުރުން އިޖްތިމާއީ ރޫހު ގެއްލިފައިވާ މި ދަނޑިވަޅުގައި މިކަންކަން ހައްލު ކުރުމަށް ކިޔަވައިގެން ތިބި ހަރުދަނާ ބަޔަކަށް ފުރުސަތު ދިނުން މުހިއްމު ކަމަށެވެ. އަދި ރަށަށާއި ރަށު ރައްޔިތުންގެ މަސްލަހަތައް އިސްކަން ދޭނެ ކަމަށާއި އިތުބާރުކުރާފަދަ ކައުންސިލަކަށް ކުޅުދުއްފުށީ ކައުންސިލް ހެދޭތޯ ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.

ރަށު ކައުންސިލަށް ހޮވިއްޖެނަމަ އާދަމް ޝަރީފް ވެފައިވާ ވައުދުގެ ތަކަކީ

– ރައްޔިތުންގެ ތެރޭން ކައުންސިލަށް ލަފާދޭ ކޮމެޓީއެއް ނަގައި ކޮމެޓީގެ އެހީތެރިކަމާއެކު ކައުންސިލުން ނިންމާ ކަންކަން ތަންފީޒު ކުރުން.

– ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރަށާއި، ރައްޔިތުންގެ މަސްލަހަތައް އިސްކަން ދިނުން.

– ރަށުގެ ބަޖެޓް އެކުލަވާލާއިރު ރައްޔިތުންގެ ހިޔާލު ހޯދައި އެހިޔާލުތައް ކައުންސިލަށް ހުށައެޅުން.

– ރަށުގެ ތަރައްގީގެ ޕުލޭން ހަދައި އެޕުލޭން ސަރުކާރުގެ ސަމާލުކަމަށް ގެނައުން.

– ސަރުކާރަށް ދޭންޖެހޭ ހުރުހާ އެހީތެރިކަމެއް ދޫގެން ރަށަށް ތަރައްގީ ގެންނަން މަސައްކަތް ކުރުން.

– ސަގާފީ ކުޅުވަރުތައް ހިމެނޭގޮތަށް ޒުވާނުންނަށް ކުޅިވަރުގެ ގިނަ ފުރުސަތުތައް ހޯދައިދީ، އިޖްތިމާއީ ރޫހު އާލާކުރަން މަސައްކަތް ކުރުން.

– ޕުރައިމަރީ ހެލްތު ކެއާރ އާއި ސިއްހީ ރައްކާތެރިކަމާބެހޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދީ ރައްޔިތުން އެކި ރޮނގު ރޮނގުން ހޭލުންތެރިކުރުމަށް ތަފާތު ޕުރޮގުރާމްތައް ރާވާ ހިންގުން.

– ދީނީ ގޮތުންނާއި ގައުމީ ގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތައް ފާހަގަކޮށް، ހަރުދަނާ ކައުންސިލެއް އުފެއްދުމަށް މަސައްކަތް ކުރުން.

– ރަށުގައި ހިނގާ މުހިއްމު މަސައްކަތްތައް ވަރަސް ކައިރިން ބަލާ މޮނީޓަރ ކުރުން.

– ވިޔަފާރި ވެރިންނަށާއި މަސައްކަތްތެރިންނަށް ޖުމުލަކޮށް ރަށުގެ ރައްޔިތުންނަށް ކައުންސިލް ތެރޭން އިދާރީކަންކަން ލުއިފަސޭހަކަމާއިއެކު ކުރެވޭނެ ގޮތް ހަދައިދިނުން.

– ރަށަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންނަށް މަރުހަބާ ކިޔައި މެހެމާންދާރީ އަދާކުރުން.

– ހުރިހާ ކައުންސިލަރުންނާއި ގުޅިގެން މަސައްކަތް ކުރުން.

– މަދުވެގެން ކޮންމެ ތިންމަހަކުން އެއްފަހަރު ރަސްމީކޮށް ރައްޔިތުންނާ ބައްދަލުކުރުން

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355