twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުމުގެ މަޝްރޫއުއާއެކު އުތުރުގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ

Apr 27, 2017

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުމުގެ ޕްރޮޖެކްޓަކީ ރާއްޖޭގެ އުތުރުގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ޕްރޮޖެކްޓެއްކަމަށް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ފުޅާކުރުމުގައި އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ކުޅުދުއްފުއްޓާއި އައްޑޫ ހޮސްޕިޓާ ތަރައްގީކުރަންކަމަށާއި އެ މަޝްރޫއުތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އިންޑިޔާގެ ނިމްސްއާ ހަވާލުކުރުމަށް ކުރަން ޖެހޭ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެމަސައްކަތް ނިމި ހަވާލުކުރެވުމުން އުތުރުގެ ސިއްހީ ނިޒާމަށް އިންތިގާލީ ބަދަލެއް ގެންނާނެކަމަށެވެ.

“ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީ ވެގެންދިއުމުން އުތުރުގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ޕްރޮޖެކްޓަކަށް މި ޕްރޮޖެކްޓް ވެގެންދާނެ، އެ ޕްރޮޖެކްޓްގެ ސޮއިކުރުމުގެ އެންމެ ފަހު މަރުހަލާގައި މިހާރު މިވަނީ. މީގައި ބަލަން ޖެހޭ ވަރަށް ލީޖަލް ކަންކަންމެއް އެބަހުރި، އަވަސް އަރުވާލައިގެން މިކަން ކުރުމަށް ވުރެ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް މިކަން ކަށަވަރުވާނެ ގޮތެއްގައި މިކަން މުހިއްމުކަމަކަށް ވާތީ ވަގުތު ނަގަނީ” ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.

މިހާރުވެސް ސޮއިކުރުމާއެކު އެމީހުން ތިބީ ހިދުމަތް ދޭން ފަށަން ތައްޔާރަށްކަމަށާއި އިރާދަކުރެއްވިއްޔާ މިހާރު ކުރިއަށްދަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްކުގެ އެންމެ ފަހު މަރުހަލާގަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އުފާވެރި ހަބަރަކާއެކު ވަރަށް އަވަހަށް ރައްޔިތުންނަށް ބައްދަލުކުރާނެކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރަން އިންޑިޔާގެ ނިމްސް ހޮސްޕިޓާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރަނީ 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވާއިރު ތަރައްގީކޮށް ނިމޭއިރު، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލުކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355