twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރ ހުޅުމާލޭގައި ގާއިމްކޮށްފި

Apr 29, 2017

އުރީދޫ އިން މުޅިން އައު އެކްސްޕީރިއަންސް ސެންޓަރ އެއް ހުޅުމާލޭގައި ގާއިމްކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އުރީދޫގެ އާ އޯއީސީ ހުޅުމާލެ ހުޅުއްވައިދެއްވީ، އުރީދޫގެ އެމްޑީ، ވިކްރަމް ސިންހާ، އުރީދޫގެ ސީއީއޯ، ނަޖީބް ޚާން އަދި އުރީދޫގެ ކަސްޓަމަރ ކެއަރ ހެޑް، ގުލްނާޒް މާހިރުއެވެ.

އުރީދޫއިން މައުލޫމާތު ދިންގޮތުގައި ހުޅުމާލޭގެ ނިރޮޅުމަގުގައި އަލަށް ހުޅުވުނު އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ފަރުމާކުރެވިފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތައް، ހުޅުމާލޭގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިކޮށްދިނުމަށް ކަމަށެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވި ގޮތުގައި އުރީދޫގެ މި ފިހާރައިގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ފޯރުކޮށްދޭ ސެލްފް-ކެއާ ޕޯޓަލްތަކެއް ހިމެނޭނެ ކަމަށާއި ކަސްޓަމަރުންނާ މަޝްވަރާކޮށްގެން ސީދާ ހިދުމަތް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމުގައި ޤަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ އޮފްލައިންކޮށާއި އޮންލައިންކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ހިދުމަތް އިތުރަށް ތަރައްޤީކުރުމަށް ކަމަށެވެ.

އޭގެ އިތުރުން އުރީދޫ އިން މައުލޫމާތު ދިން ގޮތުގައި މި ސެންޓަރ އިން ކަސްޓަމަރ ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ އުރީދޫ ވެދުން އިން ލިބިގެންދާ ޕޮއިންޓްތައް ރިޑީމްކުރުމުން އޭގެ ބަދަލުގައި ވަރަށް ހާއްސަ ފައިދާހުރި އިނާޔަތްތައް ހޯދޭނެ ކަމަށެވެ. އަދި އެއްވެސް ކިއުގައި މަޑުކުރުމަކާއި ނުލާ ހިދުމަތް ފޯރުކޮށްދޭ ކުއިކް ކައުންޓަރތައް ހިމެނޭނެ ކަމަށާއި ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރީމިއަމް ލައުންޖެއްވެސް ވަނީ ގާއިމްކުރެވިފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެހެނިހެން އޯއީސީތަކާއި އެއްފަދައިން މި ސެންޓަރުންވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަ އަކުން ރޭގަނޑު ދިހައެއްގެ ނިޔަލަށް ހިދުމަތް ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355