twitterviber whatsapp telegramfacebookyoutube instagram
23rd May 2025

އޭޕްރީލްމަހު ކުޅުދުއްފުށީގެ ބައެއް ގޭބިސީތަކުގެ ކަރަންޓް ބިލް ދެގުނަ ބޮޑު !

Apr 29, 2017

ކުޅުދުއްފުށީގެ ބައެއް ގޭބިސީތަކަށް އޭޕްރީލްމަހު އައި ކަރަންޓް ބިލު ދެގުނައަށް ބޮޑުވުމުން ރައްޔިތުން ރުޅިގަދަވެއްޖެ އެވެ. މި އޭޕްރީލްމަހުގެ ބިލްތައް މިހާރު ގޭބިސީތަކަށް ފޮނުވާފައިވާއިރު ގިނަ ގޭބިސީތަކުގެ ކަރަންޓް ބިލު ދެ ގުނައަށް ބޮޑުވެފައިވާކަމަށް ރައްޔިތުން ބުނެ އެވެ.

“ކޭއޯ” އަށް ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުނީ މި އޭޕްރީލްމަހުގެ ކަރަންޓް ބިލު އައިއިރު ދެގުނައަށް ބޮޑުވެފައިވާ ކަމަށެވެ.

“މިދިޔަ ހުރިހާ މަހެއްގައި ވެސް ކަރަންޓަށް މިއަރަނީ 700 ރުފިޔާ އާއި 800 ދެމެދުގެ އަގުތަކެއް، އެކަމަކު މިމަހުގެ ބިލަށް 1500 ރުފިޔާ އަރާފައިވޭ” ކުޅުދުއްފުށީގެ ރައްޔިތަކުން ބުންޏެވެ.

އޭނާ ބުނީ އެކަމާ ގުޅިގެން ފެނަކައާ ސުވާލުކުރުމުން އެ ފަރާތުން ބުނަނީ ކަރަންޓް އަގު ބޮޑުވެފައިވަނީ އޭޕްރީލްމަހަކީ ހޫނުގަދަ މަހަކަށް ވުމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށެވެ. ފެނަކައިން ދިން ޖަވާބާ މެދު ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދައްކަމުން އޭނާ ބުނީ “ހޫނު ގަދައޭ ކިޔާފަކާއެއް ގެއަކުން ކަރަންޓް އިތުރަކަށް ބޭނުން ނުކުރަން” ކަމަށެވެ.

” މިވަރުން ކިހެނެއް ދެން ދިރިއުޅޭނީ، މުސާރައަށް ވުރެ ކަރަންޓް ބިލް ބޮޑު ” އޭޕްރީލްމަހުގެ ކަރަންޓް ބިލް ބޮޑުވުމުން އެހެން ރައްޔިތަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.

ކުޅުދުއްފުށީ ގޭބިސީތަކުގެ ކަރަންޓް ބިލު ބޮޑުވެފައިމިވަނީ ު ފެނަކައިން ޔުނިޓަކުން 3 ލާރި ހެޔޮކޮށްފައިވަނިކޮންނެވެ.

މިމަހުގެ ކަރަންޓް ބިލު ބޮޑުވުމުން ގިނަ ރައްޔިތުންތަކެއް ދަނީ ޝޯސަލް މީޑިއާގައި ނުރުހުންފާޅުކުރަމުންނެވެ. ބައެއް ގޭބިސީތަކުގެ ބިލް ދެގުނައަށް ބޮޑު ނުވިނަމަވެސް އާއްމު މަސްތަކަށް ވުރެ މިމަހުގެ ކަރަންޓް ބިލް ބޮޑެވެ.

މިކަމާ ގުޅިގެން ފެނަކާގެ ރަސްމީ ބަހެއް އަދި ވަނީ ނުލިބިފައި އެވެ. ފެނަކަ ކޯޕަރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ އެޕްރީލްމަހުގެ ކަރަންޓް ބިލް ބޮޑުވެފައިވަނީ ހަމައެކަނި ކުޅުދުއްފުއްޓަށް ނޫން ކަމަށާއި ކަރަންޓް ބިލް ބޮޑުވަނީ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށެވެ. އޭޕްރީލްމަހަކީ ހޫނު ގަދަ މަހަކަށް ވުމުން މުޅި ރާއްޖޭގައި ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355