twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތިލަދުންމަތީގެ ރައްޔިތުންނެއް ރައީސް ޔާމީނަކަށް ޅޮސްއުނދޯޔަކަށް ނޭރުވޭނެ: ޝިފާޒް

Apr 29, 2017

ކުޅުދުއްފުށީ އަދި ތިލަދުންމަތީގެ ރައްޔިތުންނެއް ރައީސުލް ޖުމްހޫރިއްޔާ އަބުދުއްﷲ ޔާމީންނަކަށް ޅޮސް އުނދޯޔަކަށް ނޭރުވޭނެކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

“ލާމަރުކަޒީ ރާއްޖެ” ނަމުގައި ރޭ ކުޅުދުއްފުށީ ބަންޑާރަމައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ “ރައީސް ޔާމީން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާ މިކުޅުދުއްފުށީގެ ރައްޔިތުންނެއް އަދި ތިލަދުންމަތީގެ ރައްޔިތުންނެއް ޅޮސްއުނދޯޔަކަށް ނޭރުވޭނެކަން” ކަމަށެެވެ. އަބަދުވެސް ތިލަދުންމަތީގެ ރައްޔިތުންނަކީ ވަކީން ހާއްސަ ކުޅުދުއްފުށީ ރައްޔިތުންނަކީ ތަންދޮރު އޮޅުން ފިލާފައި ތިބި ބައެއް ކަމަށެވެ.

ޝިފާޒް ވިދާޅުވީ ތިލަދުންމަތީގެ ހުރިހާ ކައުންސިލެއް ފަސޭހަކަމާއެކު ކާމިޔާބުކުރާނެ ކަމަށެވެ. ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ލަދުފުޅު ގަންނަވަން ޖެހޭނެ ކަމަށާއި މި ސަރުކާރުގައި ކުޅުދުއްފުށީގައި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހިނގާފައިނުވާކަމަށެވެ. އަދި ޝިފާޒް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންފިނަމަ މިރަށުގެ ރައްޔިތުން މުޒާހަރާކުރަން ޖެހޭނެކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ ހަމައެކަނި ކުޅުދުއްފުށީ އުޅޭ ރައްޔިތުންގެ ވާހަކަ ނޫންކަމަށާއި ކުޅުދުއްފުއްޓަކީ ހއ، ހދ އަދި ށ ގެ އެއްތަށް ރައްޔިތުންނެއް ދިރިއުޅުން ގުޅިފައިވާ މުހިއްމު ރަށެއްކަމަށެވެ. ކުޅުދުއްފުށީ ކައުންސިލަށް އިންތިހާބުކުރަން ޖެހޭނީ އެވަރުގެ ކައުންސިލެއް ކަމަށާއި އެމްޑިޕީން ކުރިމަތިލާފައިވަނީ އެވަރުގެ ކައުންސިލަރުން ޝިފާޒް ވިދާޅުވި އެވެ.

މިއަދު ރައީސް ޔާމީނަށް ކެމްޕޭން ޖަލްސާއެއް ބާއްވާލަންވެސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ލަދުފުޅު ގަންނަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355