twitterviber whatsapp telegramfacebookyoutube instagram
14th April 2026

ކުޅުދުއްފުށީ ފަޅު ތެރެއަށް ބަހާދަރު ބޯޓު ބީހިއްޖެ

Apr 30, 2017

މުދަލާއި، މީހުންނާއެކު އިއްޔެ ހަވީރު މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް އައި ބަހާދަރު ބޯޓް ކުޅުދުއްފުށީ ބަނދަރު ތެރެއަށް ބީހިއްޖެ އެވެ.

ބޯޓު ބީހިފައިވަނީ ބަނދަރުގެ މެދެއްހާ ހިސާބަށެވެ. މި ހާދިސާގައި މީހަކަށްވެސް އަދި އެއްވެސް މުދަލަކަށް ގެއްލުމެއް ނުވެއެވެ.

ބީހުނު ވަގުތު ލޯންޗް ފަހަރުގައާއި، ކުދި ދޯނި ފަހަރުގައި މީހުންނާއި މުދާ ބޭލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މިހާރު ބޯޓްވަނީ ބަނދަރަށް ކައިރީކޮށް، އާއްމު އުސޫލުގެ މަތިން މުދާ ހުސްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355