twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް އިސްކަން ދޭނަން: ޝިއުނާ

Apr 30, 2017

ކައުންސިލަށް ހޮވިއްޖެ ނަމަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ޒުވާނުންނަށް ހާއްސަކަމެއް ދޭނެކަމަށް ލޯކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ޝިއުނާ އާދަމް ވިދާޅުވެއްޖެ އެވެ.

ކޭއޯ ގައި ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ ވަރަށް ހާއްސަ ބައެއް ކަމަށެވެ. “އެކުދިންނަކީ އަޅުގަނޑުގެ ވަރަށް ގާތް ބައެއް” ކަމަށާއި އެކުދިންގެ ހައްގުތައް ހޯދައިދިނުމާއި އެފަދަ ކުދިންނަށް ހުރި ދަތިތައް ފިލުވާ ދިނުމަށް ގާބިލިއްޔަތުކަން ހުރި އެންމެ ފުޅާ ދާއިރާގައި ސަރުކާރުގެ ތެރެއިން ވެސް މަސައްކަތްކުރައްވާނެކަމަށެވެ.

އޭނާ ވިދާޅުވީ ގިނަ ރައްޔިތުންތަކަކަށް ނޭނގުނުކަމުގައި ވިޔަސް ކުޅުދުއްފުށީގައި ގިނަ އަދަދަކަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި ކަމަށެވެ. ހާއްސަ އޭހީއަށް ބޭނުންވާ ކުދިންގެ އިތުރުން ޒުވާނުންގެ ކުރިއެރުމަށްވެސް ކަރަންޖެހޭ ހުރިހާކަމެއް ކުރައްވާނެކަމަށް ޝިއުނާ ވިދާޅުވި އެވެ.

“ޒުވާނުންގެ ކަންތައްތައް އިސްތިސްނާއެއް ނުކުރާނަށް ކުޅިވަރާއި ޒުވާނުންގެ ކުރިއެރުވުމަށް ކުރަށްޖެހޭ ހުރިހާކަމެއްވެސް ކުރާނަން” ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ މިދިޔަ ދައުރުގައިވެސް ވަނީ ކައުންސިލްކަމަށް ކުރިމަތިލާ ހަނިގޮތަކަށް ބަލިވެފަ އެވެ. މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާފަ މިފަހަރު ގޮނޑި ކާމިޔާބުކުރެވޭނެކަމުގެ ބޮޑު އުންމީދެއްގަ އެވެ.

“އަޅުގަނޑު ހޮވިއްޖެ ނަމަ މަސައްކަތް ކުރާނީ މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެން ރަށުގެ ތަރައްގީއަށް ކުރެވެން ހުރި ކަންތައްތައް ހަމަ އެންމެ ރަނގަޅަކަށް ކުރަން، މިހާރު މިއޮތް ކައުންސިލްގެ މެޖޯރިޓީ މިއޮތީ ސަރުކާރަކަށް ނޫން އެހެންވީމާ ދަތިތަކެއް އެބަ ކުރިމަތިވޭ އެއީ ހަމަ އަޅުގަނޑުވެސް ގަބޫލު ކުރާގޮތް ދެން ހަމަ އުންމީދު ކުރަނީ ކައުންސިލް ހަމަ ޕީޕީއެމްގެ މެޖޯރިޓީއެއް ނަގައިގެން ރަށުގެ ތަރައްގީއަށް ނުނިމިހުރި ކަންތައްތައް ކުރުން” ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ކައުންސިލަށް ކުރިމަތިލީ ރަށުގެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ހުރުމާއެކު އެފަދަ ކަންތައްތައް ފުރިހަމަ ކުރުމަށް ދިމާވާ ދަތިތައް ހުރަސްކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމަ އެވެ. އަދި ރައްޔިތުންގެ އަޑު ސަރުކާރާ ހަމައަށް އުފުލާ، ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެވޭނެކަމުގެ އުންމީދުގަ އެވެ.

“ކައުންސިލަށް ހޮވިއްޖެނަމަ ރަށުގެ ތަރައްގީއަށް ކުރަންހުރި ވަކި ކަންކަމެއް ނޫން ހަމަ ހުރިހާ ކަމަކަށް އިސްކަންދޭނަށް އެގޮތުން ހޮސްޕިޓަލް މިހާރު މިއޮތީ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަގުމަތީގައި ހަމަ އެކަންތައްތައްވެސް ހަމަ އަވަސް ކުރުމަށް ބާރު އަޅާ އެކަމަށް މަސައްކަތް ކުރާނަށް ކުޅުދުއްފުށީގެ ރައުލީމީ ދާއިރާގައި ހުރި ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރުމާއި މަގު ހެދުމުގެ މަސައްކަތްވެސް އިސްކަން ދޭނަން” ޝިއުނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355