twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމަށް ޝަހީދާ ހަމަޖައްސަވައިފި

Apr 30, 2017

ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމަށް މިރަށު އިލާ، ޝަހީދާ އަލީ ހަމަޖައްސަވައިފި އެވެ. ޝަހީދާ އަލީ ޕްރިންސިޕަލަށް ހަމަޖެއްސުމާއެކު އޭނާ ވެގެންގޮސްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ފުރަތަމަ އަންހެން ޕްރިންސިޕަލަށެވެ.

ޝަހީދާ އަލީ އަކީ ތައުލީމީ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ އެދާއިރާގައި ޓީޗަރެއްގެ ވަޒީފާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭކަނބަލެކެވެ.

އޭނާ ފުރަތަމަ ވަޒީފާ އަދާކުރެއްވީ މާލޭ ދަރުމަވަންތަ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ އެވެ. އެތަނުގައި 5 އަހަރު ހޭދަކުރެއްވުމަށްފަހު ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ޓީޗަރެއްގެ ވަޒީފާއަށް ބަދަލުވެފައިވަނީ 2011 ވަނަ އަހަރު އެވެ.

ޖަލާލުއްދީން ސްކޫލުގައި ޝަހީދާ އަދާކޮށްފައިވަނީ އޭލެވެލްއަށް ބަޔޮލޮގީ އަދި އޯލެވެލްއަށް ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގަ އެވެ.

އަދި ބަޔޮލޮގީ، ކެމިސްޓްރީ، ކޮމްޕިއުޓަރ، ބީޓޭކް، ސްޕޯޓް ބީޓެކް، އަދި ހޮސްޕިޓާލިޓީގެ އިންޗާޖް، ލީޑިން ޓީޗަރެއްގެ މަގާމުގަ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމަށް އޭނާ އައްޔަނުކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ މި މަގާމުތަކުގަ އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން މިއަދާ ހަމައަށް އެސްކޫލު ހޭދަކޮށްފައިވަނީ ޕްރިންސިޕަލެއް އަދި ޑެޕިއުޓީ ޕްރިންސިޕަލެއްވެސް ނެތި އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ރާއްޖޭގެ ތެރޭގައި ހުރި އެންމެ އާބާދީ ބޮޑު ސްކޫލެވެ. މިއަހަރު އެސްކޫލުގައި 1100 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355