twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ކައުންސިލް އިންތިހާބަށް އަތޮޅުތަކަށް ދިއުމަށް ފުލުހުން ފުރަން ފަށައިފި

Apr 30, 2017

މެއި 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދޭގޮތުގައި މިއަދު ހެނދުނު މާލެއިން ފުރަން ފަށާފައިވާއިރު މި މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ފުލުހުން ގޮސް ނިމެނޭނެ ކަމަށެވެ. އަދި ފުލުހުން ޤާއިމްވެ ތިބި ރަށްރަށުގެ އިތުރުން އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބަހައްޓާ ކޮންމެ ރަށެއްގައި މިފަހަރު ފުލުހުން ހަރަކާތްތެރި ވަމުންދާނެ ކަމަށެވެ.

އޮޕަރޭޝަނުގެ ކޮމާންޑަރު ޗީފް ސްޕްރިންޓެޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އަތޮޅުތަކަށް ދާ ފުލުހުންނަށް މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު ވަނީ އެކަމަށް މައުލޫމާތު ދިނުން ކުރިއަށް ގެންގޮސްފައި ކަމަށެވެ. އަދި އަތޮޅުތަކަށް ދާ ފުލުހުން އިންތިހާބުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވުމުގެ އިތުރުން ރަށުތެރެ އަމާން ކުރުމަށްޓަކައި ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއްވެސް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ރަށްރަށަށް ދިއުމަށްޓަކައި ފުލުހުންގެ ޓީމެއް ކޮންމެ ޑިވިޜަނެއްގައި ވަނީ ޤާއިމްކޮށްފައި ކަމަށް އެ މީޑިއާ މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355