twitterviber whatsapp telegramfacebookyoutube instagram
20th July 2025

ވިލާ ކޮލެޖުން މެއި މަހު ފަށާ ކޯސްތަކުގައި ރަޖިސްޓަރކުރުމަށް ހުޅުވައިލައިފި

May 1, 2017

ވިލާ ކޮލެޖުން މިއަހަރުގެ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި އަލަށް ބައިވެރިވާ ދަރިވަރުން އެކޯސްތަކަށް ރެޖިސްޓަރކުރުން މާދަމާ ވިލާ ކޮލެޖްގެ ހުރިހާ ކެމްޕަސްތަކެއްގައިވެސް އޮންނާނެ އެވެ.

ވިލާ ކޮލެޖުން މައުލޫމާތުދޭ ގޮތުގައި ވިލާ ކޮލެޖްގެ މާލެ ކެމްޕަހުގައި މާދަމާގެ ހެނދުނު 10 ން ފެށިގެން ހަވީރު 4 ޖަހަންދެން ދަރިވަރުން ރެޖިސްޓަރކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ރެޖިސްޓަރކުރަންދާއިރު ކޮންމެ ދަރިވަރަކުވެސް ކޯހަށް ހޮވުނުކަމުގެ ލިޔުމާއި ރެޖިސްޓަރކުރުމަށް ދައްކަންޖެހޭ ފައިސާ ގެންދެވުން ވަރަށް މުހިންމުވާނެ ކަމަށެވެ.

އަދި ކޯސްތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަކަށް މިހާރުވާނީ ކޯހަށް ހޮވުނުކަމުގެ ލިޔުން ދޫކޮށްފައި ކަމަށާއި ލިޔުން ނުގެންދަވާ ފަރާތްތަކުގެ ލިޔުން ވިލާ ކޮލެޖުގެ ސްޓޫޑެންޓް ޑެސްކުން ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މިސެމިސްޓަރގައި ފަށާކޯސްތަކުގައި ބައިވެރިވުމަށް އެދި ވިލާ ކޮލެޖްގެ މާލޭ ކެމްޕަހާއި އަތޮޅުތަކުގައި ހުންނަ ކެމްޕަސްތަކުން ހަތްސަތޭކައަށްވުރެ ގިނަދަރިވަރުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355