ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް މިރޭ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާއަށް ދައުލަތުގެ 2 ވަޒީރަކު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ މި ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ހަމަޖެހިފަ އެވެ.
މި ތިން މިނިސްޓަރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ތިލަދުންމަތީގެ ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މަޖިލިސް މެމްބަރުންވެސް ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާރިފް އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މިރޭ މިޖަލްސާ އޮންނާނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލްގަ އެވެ.