ކުޅުދުއްފުށީގައި މިރޭ ބާއްވާ ޕީޕީއެމްގެ ޖަލްސާއަށް ދިއުމަށް ކުޅުދުއްފުށީ އެސްޓީއޯގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމަށް މުވައްޒަފުން ބުނެފި އެެވެ.
އެތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިރޭ ޕީޕީއެމްއިން ބާއްވާ ޖަލްސާއަށް ދިއުމަށް އެތަނުގެ ހުރިހާ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.
އަދި ޖަލްސާ ނިމުމުން ހާޒިރީވެސް ބަލާނެކަން އަންގާފައިވާކަމަށް އެމުވައްޒަފުން ބުންޏެވެ.
ޖަލްސާއަށް ދިއުމުގެ އިތުރުން ޖަލްސާއަށް ވަޑައިގަންނަވާ އިސް ފަރާތްތަކަށް މަރުހަބާ ކިއުމަށް ބަނދަރަށް ދިއުމަށްވެސް އަންގާފައިވާ ކަމަށް އެފަރާތްތަކުން ބުނެ އެވެ.
ކުޅުދުއްފުށީ ފެނަކަ މުވައްޒަފުންނަށްވެސް މިރޭ ޖަލްސާއަށް ދިއުމަށް ވަނީ އެދިފަ އެވެ.
މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް މިގޮތަށް ބާއްވާ ސިޔާސީ ޖަލްސާތަކަށް މަޖުބޫރުކޮށް ކުންފުނިތަކުގެ މުވައްޒަފުން ގެންގޮސްފައި އެބަހުއްޓެވެ.