twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ހޮސްޕިޓާ މި މެއިމަހު އިންޑިޔާގެ ނިމްސްއާ ހަވާލުކުރެވޭނެ: މިނިސްޓަރ މުއިއްޒު

May 2, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް އިންޑިޔާގެ ނިމްސް ހޮސްޕިޓާލާ މި މެއިމަހުގެ ހަވާލުކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ހދ އަތޮޅަށް ރައީސް ކަނޑައަޅުއްވާފަ ހުންނަވާ ކޯޑިނޭޓަރު އަދި ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ރޭ ކުޅުދުއްފުށީގައި ބޭއްވި ލޯކަލް ކައުންސިލް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ މުހައްމަދު ނާޒިމްއާ ހަވާލާ ދެއްވާ މިނިސްޓަރ މުއިއްޒު ވިދާޅުވީ އެމަސައްކަތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަރުހަލާކަމަށެވެ.

” އެންމެ ގިނަވެގެން ވެސް މިމަސް ތެރޭގައި އިންޑިޔާގެ ނިމްސްއާ ހަވާލުކުރެވިގެން ގޮސް އެފަރާތުން މިހާރު ދެއްވާފައިވާ ޔަގީންކަމާއެކީގައި ހަވާލުކުރާތަނުން މަސައްކަތް ފަށާނެކަމަށް. އެހެންވީމަ މި މޭ މަސް ނިމުމުގެ ކުރީގައި ހަވާލުކުރެވިގެންދާނެކަމުގެ ޔަގީންކަން މިރޭ އަޅުގަނޑަށް ހެލްތް މިނިސްޓަރ ދެއްވި” މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ ގާނޫނީ ގޮތުން ކޮންމެހެން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އޭޖީ އޮފީހާއި ހެލްތް މިނިސްޓްރީއާ ގުޅިގެން އެގްރިމެންޓްގެ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ.

” އޭޖީ ވަނީ ހެލްތް މިނިސްޓްރީއަށް ފޮނުވާފައި އެގުރިމެންޓަށް އޭގީ އޮފީހުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް. މާދަމާ ހެލްތް މިނިސްޓްރީން އޭޖީ އޮފީހާ ބައްދަލުކޮށް އެގްރިމެންޓް ފައިނަލްކުރުމުގެ މަސައްކަތް ފަށާނެ ” މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަކީ ރައީސް ޔާމިންގެ ރިޔާސީ ވައުދަކަށް ވާއިރު މި ހޮސްޕިޓަލް އިންޑިޔާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލާއި ހަވާލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރަނީ 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވާއިރު ތަރައްގީކޮށް ނިމޭއިރު، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލުކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355