twitterviber whatsapp telegramfacebookyoutube instagram
14th August 2026

މޮޅަދޫ ސްކޫލްގައި ކާބޯތަކެތީގެ މައުޒަރެއް ބާއްވާ 6000 ވުރެ ގިނަ ރުފިޔާ ހޯދައިފި

May 3, 2017

ހއ މޮޅަދޫ ސްކޫލްގެ ޕީޓީއޭގެ ފަރާތުން އިންތިޒާމު ކޮށްގެން ބޭއްވި ކާބޯތަކެތި އަދި “އޭތިމީތި” މައުރަޒުން 6300 ރުފިޔާ ހޯދައިފިއެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން މޮޅަދޫ ސްކޫލްގެ ފަރާތުން ވާހަކަ ދައްކަވަމުން ޒީނަތް އަހުމަދު ވިދާޅުވެފައި ވަނީ ހޯމަ ދުވަހު މެންދުރު ފަހު 4 ން 5:30 އަށް ބޭއްވި މި މައުރަޒުގައި ތަފާތު ވައްތަރުގެ ލުއި ކާބޯތަކެއްޗާއި ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ އިތުރުން އަންނައުނު އާއި އަތްތެރި މަސައްކަތުގެ ބައެއް ތަކެތި ވަނީ ވިއްކާފައެވެ.

ޒީނަތް ވިދާޅުވީގޮތުގައި މިކަމަށް ގިނަ ބެލެނިވެރިންގެ ފަރާތުން ތަރުހީބު ލިބުނު ނަމަވެސް މިއަހަރު ކުރީ އަހަރާއި އަޅާބަލާއިރު ބެލެނިވެރިން ބައިވެރިވި އަދަދު މަދު ކަމަށެވެ.

ކޮންމެ އަހަރަކުވެސް އެ ސްކޫލްގެ ޕީޓީއޭ ގެ ފަރާތުން ބާއްވާ އެކި ހަރަކާތްތަކަށް ފަންޑު ހޯދުމުގެ ގޮތުން އިވެންޓްތައް ބާއްވާ ކަމަށާއި މިއީ އެގޮތުން މިއަހަރު ކުރިއަށް ގެންދިޔަ ފުރަތަމަ ޕްރޮގުރާމް ކަމަށް ޒީނަތް މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355