twitterviber whatsapp telegramfacebookyoutube instagram
20th July 2025

ހދ. އޭއީސީގެ ފަރާތުން ޕޭސްޓްރީ ކޯހެއް ކުރިއަށް ގެންދަނީ

May 3, 2017

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމް ކޮށްގެން ޕޭސްޓްރީ ކޯހެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިއްޖެ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އެ ސްކޫލްގެ ޕީޓީއޭ އިން ބުނީ މިމަހުގެ 14 އިން 18 އަށް ކުރިއަށް ގެންދާ މި ކޯހަކީ އާންމުކޮށް ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.

އޭގެ އިތުރުން މި ކޯހުގައި ކިޔަވައިދެނީ ޕްރޮފެޝަނަލް ޝެފް ރީޝާ ކަމަށާއި ކޯހުގައި ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ އެއްޗެހި ތަކުގެ ތެރޭގައި ތަފާތުވައްތަރުގެ ކޭކާއި އެކިވައްތަރުގެ ހެދިކާގެ އިތުރުން ޓާރޓްސް އަދި ކުކީޒް ހިމެނޭ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ޕީޓީއޭ މައުލޫމާތު ދިން ގޮތުގައި 30 މީހުންނަށް ބައިވެރިވެވޭ މި ކޯހުގެ ފީ އަކީ 1000/- ކަމަށާއި އެ ސްކޫލް އޮފީހުން ނަންނޯޓު ކުރުން ކުރިއަށް ދާނެ ކަމަށެވެ. އަދި ނަންނޯޓު ކުރުމުގެ އެންމެ ފަހު ތާރީހަކީ 8 މެއި ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށެވެ.

ޕީޓީއޭއިން މައުލޫމާތު ދިން ގޮތުގައި ޕީޓީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ފަންޑު ހޯދުމުގެ ގޮތުން އެކި ހަރަކާތްތަށް ކުރިއަށް ގެންދާ ކަމަށާއި އެގޮތުން މި ކޯހަކީ ސުކޫލަށް ވޯޓާ ޕިއުރިފިކޭޝަން މެޝިންއެއް ގަތުމަށް ފަންޑް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އޭގެ އިތުރުން އެ ސްކޫލަށް އެކިގޮތްގޮތުން އެހީ ވެދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފާ ވާކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355