މިމަހު 6 ވަނަ ދުވަހު ބާއްވާ ލޯކައުންސިލް އިންތިހާބުގައި ވޯޓްލުމަށް ކުޅުދުއްފުށީގައި 8 ވޯޓް ފޮއްޓެއް ބަހައްޓަ އެވެ.
މިފަހަރު ވޯޓް ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އަފީފުއްފީން ސްކޫލުގައި 2 ފޮށި، ތިލަދެކުނު ސިނަމާގައި ފޮއްޓެއް، ގައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ފޮއްޓެއް، ހދ އަތޮޅު ތައުލީމީ މަރުކަޒުގައި 3 ފޮށި، އަމީރު އަމީން ސްކޫލު ފޮއްޓެކެވެ.
ކުޅުދުއްފުށި ކެމްޕަހުގައި ބެހެއްޓިފައިވާ ވޯޓްފޮށި:-
މި ވޯޓް ފޮށްޓަށް ވޯޓްލާނީ ކުޅުދުއްފުށީ މަގާމްމަގު ހުޅަނގުންކޮޅުން ފެށިގެން އެމަގުން އިރަށް އައިސް، އަމީނީމަގަށް، އަމީނީމަގުން އުތުރަށް ގޮސް ކުދީނާ ހިނގުމަށް، އެމަގުން ހުޅަނގަށް ގޮސް އުދަރެސް ގޯޅިއަށް، އުދަރެސް ގޯޅިން ހުޅަނގަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީއާރުސީގައި ބެހެއްޓިފައިވާ ވޯޓްފޮށި:-
މިފޮށްޓަށް ވޯޓްލާނީ ކުޅުދުއްފުށީ އުދަރެސް ގޯޅީގެ ހުޅަނގު ކޮޅުން ފެށިގެން އެގޯޅިން އިރަށް އައިސް، ކުދީނާ ހިނގުމަށް، ކުދީނާ ހިނގުމުން އިރަށް އައިސް އަމީނީމަގަށް، އަމީނީމަގުން އުތުރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ކުޅުދުއްފުށީގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ކުޅުދުއްފުށީގައި ދިރިއުޅޭ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބެހެއްޓިފައިވާ ވޯޓުފޮށި (ނަންބަރު 03):-
މި ވޯޓު ފޮށްޓަށް ވޯޓުލާނީ ކުޅުދުއްދުށީ މަގާންމަގުގެ އިރުމަތީކޮޅުން ފެށިގެން ހުޅަނގަށް ގޮސް ފިނިހިޔާގޯޅިން އުތުރަށް، މިސްކިތްމަގުން އިރަށް ސޯފިޔާ ހިނގުމުން އުތުރަށް، ބޯޅަދަނޑުމަގުން އިރަށް، އޯކިޑްމަގުން އުތުރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.
ތައުލީމީ މަރުކަޒުގެ ހޯލުގައި ބެހެއްޓިފައިވާ ވޯޓު ފޮށިި (ނަންބަރު 04):
މި ވޯޓު ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ އަމީނީމަގުގެ އުތުރުކޮޅުން ފެށިގެން ދެކުނަށް ގޮސް، މަގާންމަގުން އިރަށް ފިނިހިޔާގޯޅިން އުތުރަށް، މިސްކިތްމަގުން އިރަށް ސޯފިޔާހިނގުމުން އުތުރަށް، ބޯޅަދަނޑުމަގުން އިރަށް، އޯކިޑްމަގުން އުތުރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.
ތިލަދެކުނު ސިނަމާގައި ބެހެއްޓިފައިވާ ވޯޓްފޮށި:-
މި ވޯޓު ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މަޤާމްމަގުގެ ހުޅަނގުކޮޅުން ފެށިގެން އެމަގުން އިރަށް އައިސް އަމީނީ މަގަށް، އަމީނީމަގުން ދެކުނަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ކުޅުދުއްފުށީގައި ދިރިއުޅޭ ދ.އަތޮޅުން ފެށިގެން ޏ.އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންނެވެ.
އަމީރު އަމީން ސްކޫލްގައި ބެހެއްޓިފައިވާ ވޯޓްފޮށި:
މި ވޯޓު ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މަގާންމަގުން އިރުމަތީކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް އަމީނީ މަގުން، އަމީނީމަގުން ދެކުނަށް ނިކަގަސްމަގަށް، ނިކަގަސް މަގުން އިރަށްގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.
އަފީފުއްދީން ސްކޫލް ހޯލުގެ ދެކުނު ކޮޅުގައި ބެހެއްޓިފައިވާ ވޯޓްފޮށި:-
މި ވޯޓު ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ ނިކަގަސް މަގުގެ އިރުމަތީ ކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް އަމީނީމަގަށް، އަމީނީމަގުން ދެކުނަށް ގޮސް ގުލާބީ ހިގުމަށް، ގުލާބީ ހިނގުމުން ދެކުނަށް ގޮސް މުދިންކަލޭގެ މަގުން އިރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.
އަފީފުއްދީން ސްކޫލް ހޯލުގެ އުތުރު ކޮޅުގައި ބެހެއްޓިފައިވާ ވޯޓްފޮށި:
މި ވޯޓު ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މުދިންކަލެގެމަގު އިރުމަތީ ކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް ގުލާބީ ހިނގުމަށް، ގުލާބީ ހިނގުމުން ހުޅަނގަށް ގޮސް އަމީނީ މަގަށް، އަމީނީ މަގުން ދެކުނަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.