ކުޅުދުއްފުށީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.
މިއަދު ހަވީރު ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން 27 އަހަރުގެ ޒުވާނާއަށެވެ. އޭނާއަށް މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ފައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި ފަރުވާދެމުންދާތީ އަދި މިވަގުތު ތަފްސީލް ދެވެން ނެތް ކަމަށެވެ.