twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ކުޅުދުއްފުށީގެ ވޯޓުލުމުގެ ރޫހެއް ނެތް! ދެބައިކޮށްފަ އެއްބައި މީހުންވެސް ވޯޓު ނުލާ!

May 6, 2017

ވޯޓު ފޮށި ބަންދު ކުރުން މިރޭ 8 އަށް އިތުރުކޮށްފައިވާއިރު ކުޅުދުއްފުށީގައި ރަޖިސްޓްރީވެ ވޯޓުލުމުގެ ހައްގު ލިބިފައި މީހުންގެ ތެރެއިން ދެބައިކޮށްފައި އެއްބައި މީހުންވެސް ވޯޓުލައިފައެއް ނުވެއެވެ.

މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 6،388 މީހުން ރަޖިސްޓްރީ ވެފައިވާއިރު މިހާތަނަށް ވޯޓު ލައިފައިވަނީ 2،647 މީހުންނެވެ.

އެގޮތުން ކުޅުދުއްފުށީ ކެމްޕަހުގައި ބަހައްޓާފައި ހުރި 1 ނަންބަރު ވޯޓު ފޮއްޓަ ވޯޓުލުމަށް 799 މީހުން ރެޖިސްޓްރީ ކޮށްފައިވާއިރު މިހާތަނަށް ވޯޓު ލައިފައިވަނީ 309 މީހުންނެވެ. އެއީ 167 ފިރިހެނުންނާއި، 142 އަންހެނުންނެވެ.

ހދ އޭއީސީގެ ޓީއާރުސީގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓަށް މިހާތަނަށް ވޯޓު ލާފައިވަނީ 479 މީހުނެވެ. އެއީ 206 ފިިރިހެނުންނާއި، 273 އަންހެނުންނެވެ. ޓީއާރުސީގައި ބެހެއްޓިފައިވާ ފޮއްޓަށް ޖުމްލަ 992 މީހުން ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރެއިން 127 މީހުންނަކީ ރަށުން ބޭރު މީހުންނެވެ.

ހދ އޭއީސީގެ ހޯލުގައި ބެހެއްޓިފައި ހުރި 3 ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 742 މީހުންނަށެވެ. ނަމަވެސް މިހާތަނަށް އެފޮއްޓަށް ވޯޓު ލައިފައިވަނީ 281 މީހުންނެވެ. އެސްކޫލް ހޯލުގައި ބެހެއްޓިފައިވާ 4 ނަންބަރު ވޯޓު ފޮއްޓަށް މިހާތަނަށް 313 މީހުން ވޯޓު ލައިފައިވާއިރު މިފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 808 މީހުންނަށެވެ.

އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރިވެފައިވާ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި މިހާތަނަށް 485 މީހުން ވޯޓުލައިފައިވާ އިރު މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1092 މީހުންނަށެވެ. މި ފޮއްޓަށް ރަށުން ބޭރުން 21 މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީ ވެފައެވެ.

އަމީރު އަމީން ސްކޫލުގައި ބެހެއްޓިފައިވާ 6 ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު 487 މީހުންނަށް ލިބިފައިވާއިރު މިހާތަނަށް އެފޮއްޓަށް ވޯޓު ލައިފައިވަނީ 173 މީހުންނެވެ.

އަފީފުއްދީން ސްކޫލް ދެކުނުކޮޅުގައި ބެހެއްޓިފައިވާ 7 ނަންބަރު ވޯޓުފޮއްޓަށް މިހާރު ބަންދުކޮށްފައިވާއިރު މި ފޮއްޓަށް ވޯޓުލައިފައިވަނީ 234 މީހުންނެވެ. މި ފޮއްޓަށް ވޯޓުލުމުގެ ހައްގު 644 ފަރާތަކަށް ލިބިފައި ވެއެވެ.

އަފީފުއްދީން ސްކޫލްގައި ހޯލުގައި ބެހެއްޓިފައިވާ 8 ނަންބަރު ފޮށި ވޯޓުލުމަށް 797 މީހުން ރަޖިސްޓްރީ ވެފައިވާއިރު މިހާތަނަށް ވޯޓުލައިފައިވަނީ 373 މީހުންނެވެ. އެއީ 171 ފިރިހެނުންނާއި 202 އަންހެނުންނެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ދެކުނުކޮޅުގައި ބެހެއްޓިފައިވާ 7 ނަންބަރު ވޯޓު ފޮށި ބަންދުކޮށްފައިވާއިރު އިތުރު އެހެން ފޮށިތައް ބަންދު ކުުރުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355