twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަމިއްލަ ސިއްހީ ހިދުމަތް ދޭ ތަންތަނުން އާސަންދަ ކަނޑާލައިފި

May 7, 2017

ސިއްހީ ހިދުމަތް ދޭ ސަރުކާރުގެ ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތައް ފިޔަވާ އެހެން ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނުން އާސަންދަ ކަނޑާލައިފި އެެވެ.

ދިވެހި ރައްޔިތުންގެ އިޖުތިމާއީ އިންޝުއަރެންސްގެ ގައުމީ ނިޒާމު އާސަންދަ ކަނޑާލުމަށް ނިންމެވީ އާސަންދަ ސްކީމް ހިންގުމުގެ އުސޫލު އިތުރަށް މުރާޖާކުރަމަށް ކަމަށް އާސަންދަ ކޮމްޕެނީން ނެރުނު ސާކިއުލާއެއްގައި ބުނެެފައި ވެއެވެ.

މީގެ އިތުރުން އެ ސާކިއުލާގައި ބުނެފައިވަނީ އާސަންދަ ސްކީމް ހިންގުމުގެ އުސޫލްތައް މުރާޖައާ ކުރަމުންދާތީ 2017 ވަނަ އަހަރުގެ އެއްބަސްވުން އެކުލަވާލެވެންދެން ނުވަތަ އެހެން ގޮތަކަށް ކުންފުނިން އަންގަންދެން، 2016 ވަނަ އަހަރު އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.

މިއަދު ފެށިގެން އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލި ނަމަވެސް މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންނަށް އާސަންދަ އަދި ލިބޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ. ނަމަވެސް އަމިއްލަ ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ގެންދާ މީހުންގެ މައުލޫމާތު 24 ގަޑިއިރު ތެރޭގައި ހިއްސާކުރުމަށް ވަނީ އަންގާފަ އެވެ.

އާސަންދަ ކަނޑާލަން އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބޯޑުން ނިންމާފައިވަނީ ސާކިއުލާގައިވާ ގޮތުން ދައުލަތުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އިންޕޭޝަންޓް އައުޓް ޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭޝަންސް، އަދި ސްކޭން ކުރުމުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި އެއްވެސް އަގަކާއި ނުލާ ފޯރުކޮށްދެމުން ގެންދާތީ އަމިއްލަ ތަންތަނުން އެ ހިދުމަތްތަކަށް ކުރަމުން ދިޔަ ހަރަދު އުނިކުރުމަށެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުން ފެށިގެން އަމިއްލަ ހޮސްޕިޓަލްތައް ޑީއެމްޕެނަލްކޮށް ވެފައިވާ އެއްބަސްވުންތައް ބާތިލްކުރަން ނިންމާފައިވާ ކަމަށާއި، އަދި އާދިއްތަ ދުވަހާ ހަމައަށް، ސްކީމް މެދުވެރިކޮށް ދީފައިވާ ޚިދުމަތްތަކަށް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އިންވޮއިސް ފޮނުވަން އެދޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355