twitterviber whatsapp telegramfacebookyoutube instagram
14th April 2026

ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީގެ ދެ ދާއިރާވެސް އެމްޑީޕީއަށް

May 7, 2017

ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީގެ ދެ ދާއިރާގެ ގޮނޑިވެސް އިދިކޮޅު އެމްޑީޕީއަށް ކަށަވަރުވެއްޖެ އެވެ.

ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އަލީއަށް ކުޅުދުއްފުށީގައި ބެހެއްޓި ފޮށިތަކުންނާއި މާލޭގައި ބެހެއްޓި ފޮށިން، ވަގުތީ ނަތީޖާ ދައްކާގޮތުން އަދި ލިބިފައިވަނީ ޖުމްލަ 659 ވޯޓެވެ.

އެދާއިރާއަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓް އުއްމުކުލްސޫމާ އިބުރާހިމްއަށް ކުޅުދުއްފުށީގައި ބަހައްޓާފައިވާ ފޮށިތަކުންނާއި މާލޭގައި ބަހައްޓާފައިވާ ފޮށިން، ވަގުތީ ނަތީޖާ ދައްކާގޮތުން އަދި ލިބިފައިވަނީ 458 ވޯޓެވެ.

ކުޅުދުއްފުށީގެ ދެކުނު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އަހުމަދު އާތިފްއަށް ކުޅުދުއްފުށީގައި ބަހައްޓާފައިވާ ފޮށިތަކުންނާއި މާލޭގައި ބަހައްޓާފައިވާ ފޮށިން، ވަގުތީ ނަތީޖާ ދައްކާގޮތުން އަދި ލިބިފައިވަނީ 685 ވޯޓެވެ. އެދާއިރާގެ ޕީޕީއެމް ކެނޑިޑޭޓް މުއުމިނާ އިގްބާލަށް ކުޅުދުއްފުށީގައި ބަހައްޓާފައިވާ ފޮށިތަކުންނާއި މާލޭގައި ބަހައްޓާފައިވާ ފޮށިން، ވަގުތީ ނަތީޖާ ދައްކާގޮތުން އަދި ލިބިފައިވަނީ 475 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355