މިހާތަނަށް ގުނާ ނިމިފައިހުރި ވޯޓްފޮށިތަކުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ކުރީގައި އުޅެނީ އެމްޑީޕީގެ 4 ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެކެވެ.
ފަސް ކައުންސިލަރުން އިންތިހާބުކުރާ އެ ކައުންސިލަށް 14 ކެނޑިޑޭޓަކު ވާދަކޮށްފައިވެ އެވެ. އެއީ އެމްޑީޕީގެ 5 ކެނޑިޑޭޓަކާއި ޕީޕީއެމްގެ 5 ކެނޑިޑޭޓެއްގެ އިތުރުން ޖޭޕީގެ ކެނޑިޑޭޓެއް އަދި މިނިވަންގޮތުންލީ 3 ކެނޑިޑޭޓެކެވެ.
ކުޅުދުއްފުށީގައި ބެހެއްޓިފައިވާ ވޯޓްފޮށިތަކާއި މާލޭގައި ބެހެއްޓި ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެންމެ ގިނަ ވޯޓާއެކު ކުރީގައި އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓް އަބުދުލްލަތީފް ހަސަން އެވެ. އޭނާއަށް 1103 ވޯޓް ލިބިފައިވެ އެވެ. 1094 ވޯޓާއެކު ދެން އެންމެ ކުރީގައި އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓް ސަމާ އަލީ އެވެ. އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު މުހައްމަދު ލިބިފައިވަނީ 1080 ވޯޓެވެ. 987 ވޯޓާއެކު އެމްޑީޕީގެ ކެނޑިޑޭޓް އަލީ ހާޝިމް އުޅުއްވާއިރު ޕީޕީއެމްގެ ކެނޑިޑޭޓް އަހުމަދު ސަމީރަށް ލިބިފައިވަނީ 978 ވޯޓެވެ.
ހަ ވަނާގައި އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓް އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ފަވާޒެވެ. އޭނާއަށް ލިބިފައިވަނީ 957 ވޯޓެވެ. 880 ވޯޓާއެކު އުޅުއްވަނީ ޕީޕީއެމް ކެނޑިޑޭޓް ޝިއުނާ އާދަމެވެ. ޕީޕީއެމް ކެނޑިޑޭޓް ހަސަން ޝައްފާނުއަށް ލިބިފައިވަނީ 761 ވޯޓެވެ. ޕީޕީއެމް ކެނޑިޑޭޓް އިބުރާހިމް އައްބާސް އަށް ލިބިފައިވަނީ 733 ވޯޓެވެ. 639 ވޯޓް ޕީޕީއެމް ކެނޑިޑޭޓް އައިމިނަތު މަޖީދާއަށް ލިބިފައިވާއިރު މިނިވަން ކެނޑިޑޭޓް އާދަމް ޝަރީފަށް ލިބިފައިވަނީ 481 ވޯޓެވެ. މިނިވަން ކެނޑިޑޭޓް ހަބީބާ އަހުމަދަށް ލިބިފައިވަނީ 380 ވޯޓެވެ. ޖޭޕީގެ ފަރާތުން ކުރިމަތިލި ކެނޑިޑޭޓް ޒަކަރިއްޔާ އާދަމް ލިބިފައިވަނީ 290 ވޯޓެވެ. އެންމެ މަދުން ވޯޓް ލިބިފައިވަނީ މިނިވަން ކެނޑިޑޭޓް ނިޒާރު މޫސާ އެވެ. އޭނާއަށް ލިބިފައިވަނީ 240 ވޯޓެވެ.