ކުޅުދުއްފުށީ ގެއެއްގެ ގުދަނެއްގައި ބަހައްޓާފައި ހުއްޓާ ގެއްލުނު އަވަނަކާއި މަސްބާނަށް ގެންގުޅޭ ފައިބަރ ދޮށްޓެއް ވަގަށް ނެގި މައްސަލަ ސާބިތުވެ ކުޅުދުއްފުށީ، އަބަދަށްހިޔާގެ، އަހުމަދު ޒިޔާދު އެއްމަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލްގެ ކޯޓްގެ ހުކުމްގައި ބުނެފައިވަނީ ކުޅުދުއްފުށީ ބަނބުކެޔޮގަސްދޮށުގޭގެ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ކޮޓަރިއެއްގެ ތެރޭގައި ބަހައްޓާފައިހުރި ހުދުކުލައިގެ އަވަނަކާއި ފައިބަރ ދޮށްޓެއް 2010 އަހަރުގެ އޯގަސްޓްމަހުގެ 1 ވަނަ ދުވަހު ގެއްލިފައިވަނިކޮށް، އެދުވަހުގެ 22:08 ހާއިރު، އަހުމަދު ޒިޔާދުގެ އަތުން އެއަވަން ފެނިފައިވާ ކަމަށެވެ.
އަދި ޒިޔާދުގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ ގާނޫނުތަކުގެ ދަށުން އަހުމަދު ޒިޔާދު އެއްމަހާ 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.