twitterviber whatsapp telegramfacebookyoutube instagram
13th February 2026

ވަޓްސް އެޕްއިން އެންމެ ގިނަ ވީޑިއޯ ކޯލް ކުރަނީ އިންޑިޔާގައި

May 10, 2017

ދުނިޔޭގައި ސޯޝަލް މީޑިއާ އާއި ނުލާ އުޅުން ދަތި ކަމަކަށް ވެގެންގޮސްފައިވާއިރު އަވަށްޓެރި އިންޑިޔާ އަކީ ދުނިޔޭގައި މަގުބޫލް މެސެޖް ކުރާ އެޕްލިކޭޝަން ކަމަށްވާ ވަޓްސް އެޕް އިން އެންމެ ގިނައިން ވީޑިއޯ ކޯލް ކުރާ ގައުމެވެ.

މިހާރު 1.2 ބިލިއަން ބަޔަކު މުއާސަލާތު ކުރުމަށް ބޭނުންކުރާ ވަޓްސްއެޕް އަކީ އެ އެޕްލިކޭޝަން މެދުވެރިކޮށް ކުރާ މުއާމަލާތްތައް ސާވާއެއްގައި ރައްކާ ނުކުރެވޭ ގޮތަށް ހުންނަ އެޕްލިކޭޝަންތަކެވެ.

ވަސްޓް އެޕްއިން އިއުލާން ކޮށްފައިވާ ގޮތުގައި އިންޑިޔާގައި ކޮންމެ ދުވަހެއްގެ ކޮންމެ މިނެޓެއްގައި 50 މިލިއަން މީހުން ބޭނުންކުރާ ކަމަށެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު ވަނީ އިންޑިޔާގައި ވަޓްއެޕް ބޭނުން ކުރަންފަށި މީހުންގެ އަދަދު 200 އަށް އަރާފައި ކަމަށެވެ.

މީގެ އިތުރުން ދުވަހެއްގެ މައްޗަށް މުޅިދުނިޔެއިން ވީޑިއޯ ކޯލް ކުރަން ބޭނުންކުރަނީ 340 މިލިއަށް މީހުން ކަމަށް ވަޓްސް އެޕް އިން ހާމަކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355