twitterviber whatsapp telegramfacebookyoutube instagram
17th February 2026

އަމީރު އަމީން ސްކޫލަށް އެސްޓީއޯއިން ކުލަ ހަދިޔާކޮށްފި

May 10, 2017

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އަމީރު އަމީން ސްކޫލަށް ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ކުލަ ހަދިޔާކޮށްފި އެވެ.

އަމީރު އަމީން ސްކޫލް ހިންގެވުމާއި ހަވާލުވެ ހުންނެވި އައިޝަތު މުހައްމަދު ވިދާޅުވީ އެސްކޫލަށް މިއަދު އެސްޓީއޯގެ ފަރާތުން 5 ދަޅު ނިޕޯން ޕެއިންޓް ހަދިޔާ ކޮށްފައިވާ ކަމަށާއި އެއީ 3750 ރުފިޔާގެ ތަކެތިކަމަށެވެ.

އައިޝަތު ވިދާޅުވީ ކުލަ ބޭނުންކުރާނީ ސީދާ ކޮންކަމަކަށް ކަމެއް އަދި ނުނިންމާ ކަމަށާއި ސްކޫލް ބޭރު ފާރުގައި ކުރެހުމާއި އިތުރު ކަންކަން ކުރުމަށް ވާހަކަ ދެކެވެމުން ދާ ކަމަށެވެ.

މިއަދު މެންދުރު ސްކޫލާއި އެތަކެތި ހަވާލުކޮށްފައިވާއިރު އަމީރު އަމީން ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން އައިޝަތު ވަނީ އެސްޓީއޯގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް ޝުކުރު ދަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355