ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށިން އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީގައި ވެހިކަލު ބުރެއް ބާއްވައިފި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީގެ ބަންޑާރަ މައިދާނުން 4:30 ގައި ފެށި މި ވެހިކަލު ބުރުގައި ހަތަރު ފުރޮޅި ލީ 16 ވެހިކަލާއި 50 އެއްހާ ސައިކަލު އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. އަދި ރަށުގެ ބޮޑެތި މަގުތަކުގައި ދުއްވާ ވެހިކަލްބުރު ނިންމާލީ 5:30 ގައި އެވެ.
މި ވެހިކަލް ބުރުގައި ސައިކަލް ގެ އިތުރުން ކާރާ، ޕިކަޕުވެސް ވަނީ ބައިވެރިވެފަ އެވެ.
އޭގެ އިތުރުންވެސް އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ 9:00 ޖަހާއިރު ބަންޑާރަ މައިދާނުގައި ބިލެއްމީރުކޮށްލުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްގެ 4 ގޮނޑި އަދި އަތޮޅު ކައުންސިލް 2 ގޮނޑި އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފަ އެވެ.