twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ ގޮނޑިއެއްވެސް އެމްޑީޕީއަށް

May 13, 2017

ކުޅުދުއްފުށީ ކައުންސިލްގެ ފަސް ގޮނޑިވެސް އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ ގޮނޑިތައްވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.

އެންމެ ގިނަ ވޯޓް ހޯދައިގެން ކުރީގައި އުޅެނީ އަބުދުލް ލަތީފް ހަސަން އެވެ. އޭނާއަށް ލިބިފައިވަނީ 1159 ވޯޓެވެ. އެއާ ޖެހިގެން 1145 ވޯޓާއެކު ދެވަނާގައި އުޅެނީ ސަމާ އަލީ އެވެ. ތިންވަނަ އަށް އެންމެ ގިނަ ވޯޓް ލިބިފައިވަނީ އަހުމަދު މުހައްމަދެވެ. 1044 ވޯޓް އަލީ ހާޝިމްއަށް ލިބިފައިވާއިރު ފަސްވަނަ ލިބިފައިވަނީ 1003 ވޯޓާއެކު މުހައްމަދު ފަވާޒެވެ.

ފަވާޒުއާ އެންމެ ގާތްކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް އަހުމަދު ސަމީރު އެވެ. އޭނާއަށް ލިބިފައިވަނީ 1001 ވޯޓެވެ.

ޕީޕީއެމް ކެނޑިޑޭޓް ޝިއުނާ އާދަމްއަށް 906 ވޯޓް ލިބިފައިވާއިރު 811 ވޯޓު ޕީޕީއެމް ކެނޑިޑޭޓުން ހަސަން ޝަފުޢާން ލިބިފައިވެ އެވެ. އަދި ޕީޕީއެމް ކެނޑިޑޭޓުން އިބުރާހިމް އައްބާސް އަށް ލިބިފައިވަނީ 752 ވޯޓެވެ. 655 ވޯޓާއެކު ޕީޕީއެމްގެ ކެނޑިޑޭޓް އައިމިނަތު މަޖީދާއަށް ލިބިފައިވާއިރު މިނިވަން ގޮތުންކުރިމަތިލި އާދަމް ޝަރީފް މުހައްމަދަށް ލިބިފައިވަނީ 492 ވޯޓެވެ.

މިނިވަން ގޮތުން ކުރިމަތިލި ހަބީބާ އަހުމަދަށް ލިބިފައިވަނީ 391 ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ޒަކަރިއްޔާ އާދަމްއަށް 303 ވޯޓް ލިބުނުއިރު އެންމެ މަދުން ވޯޓް ލިބިފައިވަނީ މިނިވަނ ގޮތުން ކުރިމަތިލި ނިޒާރު މޫސާއަށެވެ. އޭނާ ލިބިފައިވަނީ 245 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355