ހދ އަތޮޅު ކައުންސިލްގެ މެޖޯރިޓީވެސް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އިން ހޯދައިފި އެވެ.
އެގޮތުން އަތޮޅު ކައުންސިލްގެ 5 ދާއިރާ އެމްޑިޕީން ކާމިޔާބުކޮށްފައިވާއިރު 1 ދާއިރާ ކާމިޔާބުކޮށްފައިވަނީ އަމިއްލަ ކެންޑިޑޭޓެކެވެ.
އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީގެ ދެ ގޮނޑިވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި އަހުމަދު އާތިފް ކާމިޔާބުކޮށްފައިވަނީ 715 ވޯޓާއިއެކު އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ 693 ވޯޓާއެކު އާދަމް އަލީ އެވެ. މި ދެ ކެންޑިޑޭޓުންވެސް އިންތިހާބުގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ދެ ކެނޑިޑޭޓުންނާއި އެވެ.
އަތޮޅު ކައުންސިލް ހަނިމާދޫ ދާއިރާ ކާމިޔާބުކޮށްފައިވަނީ އަލީ މުހައްމަދެވެ. އަލީ މުހައްމަދު މި ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ސަމީމް އާއި ވާދަކޮށް 980 ވޯޓުންނެވެ. އަހުމާދު ސަމީމް އަށް ލިބިފައިވަނީ 949 ވޯޓެވެ.
ވައިކަރަދޫ ދާއިރާ މުހައްމަދު ވަސީމް އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ 966 ވޯޓުންނެވެ. ވަސީމް އަކީ އަމިއްލަ ގޮތުން ވާދަ ކުރި ކެނޑިޑޭޓެކެވެ. ވަސީމް އާއި ދެކޮޅަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ސިޔާހަށް ލިބިފައިވަނީ 758 ވޯޓެކެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލްގެ މަކުނުދޫ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓު މުހައްމަދު އިގްނާޒް އާއި ވާދަކޮށްގެން ކާމިޔާބުކޮށްފައިވަނީ 1207 ވޯޓާއެކު އެމްޑީޕީން ވާދަކުރި ކެންޑިޑޭޓް އިބްރާހިމް އަލީ އެވެ. މުހައްމަދު އިގްނާޒަށް ލިބިފައިވަނީ 900 ވޯޓެވެ.
މި އިންތިހާބުގައި ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ ގޮނޑި ހުސެއިން ހަސަންއަށް ލިބިފައިވަނީ އިންތިހާބަކާއ ނުލައެވެ. ހުސެއިން އަށް އެދާއިރާގެ ގޮނޑި އިންތިހާބާ ނުލައި ލިބުނީ އިތުރު ކެންޑިޑޭޓަކުން އެދާއިރާއިން ކުރިމަތިލާފައިވާ ނުވާތީކަމަށް އިލެކްޝަނުންވަނީ ބުނެފަ އެވެ.