twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބީއެމްއެލްގެ އެމްޕްލޯއީ އޮފް ދަ އިޔާރ ބަދުރުއްދީންއަށް

May 14, 2017

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ކުޅުދުއްފުށި ހިކިފިނިފެންމާގެ، ބަދުރުއްދީން ހަސަންއަށް ލިބިއްޖެ އެވެ. ބަދުރުއްދީން ހަސަން އަކީ “ކުޅުދުއްފުށީ އޮންލައިން”ގެ ޗީފް އެޑިޓަރުވެސް މެ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި ބަދުރުއްދީނާއި މި އެވޯޑް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ އެވެ.

މީގެ އިތުރުން މި ހަފްލާގައި ބެސްޓް މެނޭޖަރ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއަރ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ކަސްޓަމަރ ސާވިސް ސްޓާރ، ރައިޒިންގ ސްޓަރ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ރޭ ވަނީ ދީފައެވެ. މި އެވޯޑްތައް ހަވާލުކޮށްދީފައިވަނީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީގެ އިތުރުން ބޭންކުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.

އެގޮތުން ބެސްޓް ލީޑަރ އެވޯޑް ހޯދާފައިވަނީ  އަބްދުލް އަލީމް އަބްދުލް ޣަފޫރު (ކާރޑް ސާވިސަސް) އެވެ.  ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދާފައިވަނީ ދިލްމާ އަހުމަދު (ކްރެޑިޓް) އަދި އިބްރާހިމް މުހައްމަދު ރަޝީދު (މާރކެޓިންގ) އެވެ. 

މީގެ އިތުރުން ބޭންކްގައި 28 އަހަރު ޚިދުމަތްކުރުމަށްފަހު ރިޓަޔަރ ކުރައްވާ ހިދާޔާ އަހުމަދު (ރީޓެއިލް ބޭންކިންގ) އަށް، ބޭންކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްޕެޝަލް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއްވެސް ރޭ ވަނީ ދީފައެވެ.

ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ރާވާ މުހިންމު އެއް ހަރަކާތެވެ. މީގެ އިތުރުން ދާދި ފަހުން ބޭންކުންވަނީ ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ދީފައެވެ.

މި ހަފްލާ ގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވަނީ ރޭ އެވޯޑްތައް ހާސިލް ކުރި އަދި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް އެންޑުރޫ ވަނީ ޝުކުރު ދަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355