twitterviber whatsapp telegramfacebookyoutube instagram
19th July 2025

ބީސީސީއެލްގެ ޗެއާމަންކަމަށް ސޯލިހު އައްޔަންކުރައްވައިފި

May 14, 2017

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީއެލް) ގެ ޗެއާމަންކަމަށް ކުޅުދުއްފުށީ އިނގުރުމާގެ، ސޯލިހު ހުސެއިން އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ގަރާރަކުން މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އުފެއްދެވި ބީސީސީއެލް ގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ވަނީ ބޭފުޅުން ހަމަޖައްސަވާފަ އެވެ.

ބީސީސީއެލް ރަޖިސްޓްރީ ކޮށްދެއްވާ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ހަމަޖައްސަވާފައިވާ ކަން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

Business Center Corporation Limited registered as a SOE on 10 May 2017 pic.twitter.com/lkqy9OfNfS

— Mohamed Nizar (@nixaar) May 14, 2017

މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓް–

އެގޮތުން ބީސީސީއެލް ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އިނގުރުމާގެ، ސޯލިޙް ހުސައިންއާއި، ދަފްތަރު، އަހްމަދު މުމްތާޒުއާއި، މއ. މާފުނަ، ހަސަން މިރާސްއާއި، މ.ބުރަދަމާގެ، ސާދާ މުހައްމަދުގެ އިތުރުން ގދ. ފިޔޯރީ، ދަނޑިކޮށީގެ، އަލީ ނާޝިދުއެވެ.

ބީސީސީއެލްއަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ބެހޭ ސެންޓަރުތައް ހިންގާ އަދި އެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމުގެ މަގުސަދުގައި އުފެއްދެވި ކުންފުންޏެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355