twitterviber whatsapp telegramfacebookyoutube instagram
14th August 2026

ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

May 16, 2017

ފަގީރުންގެ ލިސްޓުގައި އަލަށް ރަޖިސްޓްރީވުމުގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ފަގީރުންގެ ލިސްޓުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު ބާރަ ޖެހުމާ ހަމައަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތު އިތުރުކުރީ އެކި ރަށްރަށުން ގިނަ ބަޔަކު މިކަމަށް އެދެމުންދާތީ ކަމަށެވެ.

ފަޤީރެއްގެ ގޮތުގައި ބަލަނީ ދުވާލަކަށް އާމްދަނީގެ ގޮތުގައި 44 ރުފިޔާ ނުލިބޭ މީހުން ކަމަށްވާއިރު މިދިޔަ އަހަރު ވަނީ 12،335 މީހުން ފަގީރުންގެ ގޮތުގައި ލިސްޓު ކުރެވިފައި އެވެ.

އަދި ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަގީރެއްގެ ބޮލަކަށް 900 ރުފިޔާގެ މަގުން 11.1 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355