twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހއ އަތޮޅު ކައުންސިލްްގެ އަގުލަބިއްޔަތުވެސް އެމްޑީޕީއަށް !

May 16, 2017

ހއ އަތޮޅު ކައުންސިލްއަށް ފަސް ދާއިރާއަކުން 5 މެމްބަރުން އިންތިހާބުކުރާއިރު 4 ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީން ނެވެ.

އެގޮތުން ހޯރަފުށީ ދާއިރާ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އިބުރާހިމް ރަޝީދު 1234 ވޯޓާއެކު ވަނީ ކާމިޔާބުކޮށްފައި އެވެ. އެދާއިރާއަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު މައުރޫފްއަށް ލިބުނީ 1021 ވޯޓެވެ. އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލް ގޮނޑި 1621 ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭޓް އަބުދުﷲ ހުސެއިން ކާމިޔާބުކުރިއިރު ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޢަރީބުއަށް ލިބިފައިވަނީ 899 ވޯޓެވެ.

ބާރަށު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޝަމީމް 1257 ވޯޓް ލިބުނުއިރު އެ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް ހުސެއިން ނަޞީރުއަށް ލިބުނީ 1117 ވޯޓެވެ. 1159 ވޯޓާއެކު ދިއްދޫ ދާއިރާގެ ގޮނޑި އެމްޑީޕީ ކެންޑިޑޭޓް އަބްދުﷲ ސިރާޖް ކާމިޔާބުކުރިއިރު އެދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް އަހުމަދު އަބުދުލްގައްޔޫމްއަށް ލިބިފައިވަނީ 804 ވޯޓެވެ.

ހއ އަތޮޅު ކައުންސިލުން ހަމައެކަނި ޕީޕީއެމްއަށް ލިބުނު ގޮނޑިއަކީ ކެލާ ދާއިރާގެ ގޮނޑި އެވެ. އެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމް ކެންޑިޑޭޓް އަބުދުﷲ އިންފާޒް އެވެ. އޭނާއަށް ލިބިފައިވަނީ 973 ވޯޓެވެ. އިންފާޒްއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރިޞްވާންއަށް ލިބިފައިވަނީ 922 ވޯޓެވެ.

ހއ އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދޫ ރަށު ކައުންސިލްގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355