twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިލާ ކޮލެޖާއި ޔުނިވަރސަލް ފައުންޑޭޝަންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

May 16, 2017

ޔުނިވަރސަލް ފައުންޑޭޝަނުން ހިންގާ ޑިސްކަވަރީ ހޮސްޕިޓަލިޓީ އިނިޝިއޭޓިވްގެ ދަށުން ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ޕްރޮގްރާމެއް ހިންގުމަށް ވިލާ ކޮލެޖާއި ޔުނިވަރސަލް ފައުންޑޭޝަންއާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދިން ގޮތުގައި ވިލާ ކޮލެޖުން ހިންގާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ޕްރޮގްރާމްގައި ކިޔެވުމަށް 20 ކުދިންނަށް ޔުނިވަރސަލް ފައުންޑޭޝަނުން ސްޕޮންސަރޝިޕް ދެއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއީ 15 ހަފްތާގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި މި ސްޕޮންސަރޝިޕްގައި ޓިއުޝަން ފީ ދެއްވުމުގެ އިތުރުން އިންޓަރންޝިޕް ފުރިހަމަކުރުމަށްޓަކައި ދަރިވަރުން މަސައްކަތްކުރާނެ ރިސޯޓްތައް ހަމަޖައްސައި ދިނުމާއި ކޯހުގެ މުއްދަތުގައި ތިންހާސްރުފިޔާގެ އެލަވަންސެއް ދެއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި މިއަދުން ފެށިގެން 28 ޖޫންގެ ނިޔަލަށް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެޕްލިކޭޝަން ފޯމާއި ކޯހާއިބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖުން ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ވިލާ ކޮލެޖްގެ ކިޔޫ.އައި. ކެމްޕަހުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރެވެ. އަދި ޔުނިވަރސަލް ފައުނޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355