twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ކުރިއަށް އޮތް ފަސް ދުވަހު ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް

May 16, 2017

ކުރިއަށް އޮތް ފަސް ދުވަހުވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ބޮޑުބަޔަކަށް ކުރާނެ ކަމަށް މޫސުމާ ބޭހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މިއަދު ރާއްޖޭގެ ބޮޑުބަޔަަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. އާއްމުގޮތެއްގައިވެސް ރާއްޖޭއަށް ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ މެދެއްހާ ތާނގަ ކަމަށާއި ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މޫސުން ވެގެންދާނީ މޫސުމީގޮތުން އާދައިގެން ހުޅަނގު މޫސުމަކަށް ކަމަށް އެއިދާރާއިން ނެރުނު ބަޔާނެގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޮޑަށް ވިއްސާރަކޮށްފައިވަނީ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން އިއްޔެ 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އައްޑުއަތޮޅުގެ ގަމަށް 77 މިލިލީޓަރުގެ އަދި ގދ. ކާޑެއްދޫއަށް 53 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ. އަދި އެންމެ ވައިވެސް ގަދަވެފައިވަނީ އައްޑުއަތޮޅު ގަމަށް އެއީ 39 މޭލު ބާރުމިނުގައިކަމަށް އެއިދާރާއިން މައުލޫމާތުދެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރައްވާގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެއިދާއިން ހާމަކުރެ އެވެެ. އެހެންކަމުން ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެތީ މިދުވަސްވަރު މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355