twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަށިގަނޑުގެ ބޭރުގައި ހިތް އުފެދިފައިވާ ތުއްތު ނީރާއަށް އެހީވެދުމަށް ކުޅުދުއްފުށީގައި ކަޕްކޭކް ވިއްކަނީ

May 18, 2017

ގދ.މަޑަވެއްޔަށް އުފަން އުމުރުން އެންމެ 7 ދުވަހުގެ ނީރާ ބިންތި މޫމިން ޔޫސުފް އަކީ އުފެދުމުގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް މައްސަލައެއް ކަމަށްވާ ހާނިއޭޝަން އޮޕް އެބްޑޮމެން ކޮންޓެންޓްސް އަދި ކޮންޖެންޓިއަލް ހާރޓް ޑިސީސް ދިމާވެފައިވާ ތުއްތު ތުއްތު ފުރާނަ އެކެވެ.

މޫމިން ޔޫސުފް އަދި އައިޝަތު ޝާހީ އަށް ލިބުނު ފުރަތަމަ ދަރިފުޅު ކަމުގައިވާ ނީރާ އަކީ އުފަންވި އިރު ހިތް ބޭރަށް ނިކުމެފައިވާ ކުއްޖެ ކެވެ.

އެގޮތުން ބިލީފް އާއި ގުޅިގެން ޝަމްސިއްޔާ އިބްރާހިމް ފިތުރޯނުގެ، އިސްނަގައިގެން މިމަހު 19 އަދި 20 ވަނަ ދުވަހު ފަންޑް ރައިޒް ކުރުމުގެ ގޮތުން ކަޕްކޭކް ވިއްކުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ޝަމްސިއްޔާ ބުނިގޮތުގައި މާދަމާ ހަވީރު 4 ޖަހާއިރު ޝަހީދު ހުސެން އާދަމް ހަނދާނީ މައިޒާން (ކުޑަކުދިންގެ ޕާކް) ކައިރީގައި އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9 ޖަހާއިރު ބަގުޑި ކައިރީގައި ކަޕްކޭކް ވިއްކުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ކަޕްކޭކް އެއް ވިއްކަން ހަމަޖެހިފައި ވަނީ 10 ރުފިޔާއަށް ކަމަށެވެ.

ޝަމްސިއްޔާ މައުލޫމާތު ދިން ގޮތުގައި ނީރާގެ އޮޕަރޭޝަން ކުރަން ރާއްޖެއިން ބޭރަށް ދާން ޖެހުމާއެކު މިމަހު 16 ވަނަ ދުވަހު ވަނީ ރާއްޖޭން ބޭރަށް ގޮސްފައި ކަމަށެވެ. އޭގެ އިތުރުން ބޭސް ފަރުވާގެ ހަރަދާއި ފްލައިޓު ޓިކެޓު އާސަންދައިން ހަމަޖެހުނު ނަމަވެސް ކުއްޖާގެ އެހެނިހެން ހަރަދުތައް ބަލަހައްޓަން ޖެހެނީ އާއިލާއިން ކަމަށެވެ.

އަދި ކުއްޖާގެ ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހޭނެ ކަމަށް ލަފާ ކުރާ ކަމަށާއި މި އޮޕަރޭޝަންތައް ކުރުމުގެ ތަނަވަސްކަށް އާއިލާ އަށް ނެތުމުގެ ސަބަބަބުން މި ތުއްތު ތުއްތު ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދިނުމަން ބޭނުންވާ ފަރާތްތަކުން ކުއްޖާގެ ބައްޕަ މޫމިން ޔޫސުފްގެ ބީއެމްއެލް ރުފިޔާ އެކައުންޓް (7710531838101) އަށް ފައިސާ ޖަމާކޮށްދިނުމަށް ވަނީ އެދިފައި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނީރާއަށް އެހީ ވެދުމުގެ ގޮތުން އިވެންޓްތަށް ކުރިއަށްދާއިރު ކުޅުދުއްފުށީގައި ކުރިއަށްދާ ހަރަކާތުގައި ގިނަ ބައެއްގެ އެއްބާރުލުން ދިނުމަކީ މިކަން އިންތިޒާމް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355