twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަތޮޅުގެ 5 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ބީލަމަށްލައިފި

May 21, 2017

އޮޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް، އޮފިޑްގެ ލޯން އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ލޮނު ފެނުން މީރުފެން އުފައްދާ ނިޒާމް ހދ އަތޮޅުގެ 5 ރަށެއްގައި ގާއިމްކުރުމުގެ މަޝްރޫއު ބީލަމަށް ލައިފި އެވެ.

އެގޮތުން މިޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ހދ ނެއްލައިދޫ، މަކުނުދޫ، ކުމުންދޫ، ވައިކަރަދޫ އަދި ނޮޅިވަރަމުގަ އެވެ.

މި މަޝްރޫއު ފަރުމާ ކުރެވިފައިވަނީ އެރަށެއްގެ އާބާދީއާއި ބިމުގެ ނިސްބަތަށް ބަލައި އާންމުންނަށް ފަސޭހައިން ފެންލިބޭނެ ގޮތަށް ރަށުގެ އެކި ސަރަހައްދުތަކުގައި އިސްކުރުބަރި ހަރުކޮށްގެންނެވެ. އެގޮތުން މިރަށްތަކުގައި ލޮނުފެނުން މީރުފެން އުފައްދާ، އާރު އޯ ޕްލާންޓް ޤާއިމްކޮށް ފެން ރައްކާކުރުމަށް ތާނގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ހދ އަތޮޅުގެ 5 ރަށުގެ އިތުރުން ނ.އަތޮޅު ހޮޅުދޫ، މާފަރު، ރ.އަތޮޅު މާކުރަތު އިނގުރައިދޫ، ބ.އަތޮޅު ކެންދޫ، ކ.ގާފަރުގެ އިތުރުން، ލ.ގަމުގައިވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި ރަށްތަކުގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތައް ފެށުންމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355