twitterviber whatsapp telegramfacebookyoutube instagram
20th October 2025

ރޯގާއާއި އެކި ބަލިތަކުގެ ހައްލަކަށް ހެލަބެލި ހުތް

May 21, 2017

ބަލިވެގެން ބޭސްކާން ޖެހުމަކީ ބޮޑުކަމެކެވެ. އޭގައި ހިތިރަހަ ލާތީ އެވެ. ބޭހަކީ އަބަދުވެސް ކާން ފޫހިވެފައި އޮންނަ އެއްޗެކެވެ. ހާއްސަކޮށް ބޮޑެތި ބަލިތަކަށް ދާއިމީކޮށް ބޭސްކާން ޖެހުން އޮންނަނީ ބޮޑު ވޭނަކަށް ވެފަ އެވެ. އެހެންކަމުން ހެލަބެލި ތި ކަމުގެ ހައްލަކަށް ވެދާނެ އެވެ.

ލޭމައްޗަށް ދިއުން

ހެލަބެލީގައި ޕޮޓެމްޝިއަމް ހުރުމުން ލޭ މައްޗަށް ދިއުމުން ދުުރުކޮށް ދެއެވެ. މީގެ އިތުުރުން ހެލަބެއްޔަކީ ރެޑް ބްލަޑް ސެލްސް އިތުރު ކޮށްދީ ހިތައްވެސް ވަރަށް ފައިދާ ހުރި މޭވާ އެެކެވެ.

ލޮލުގެ މައްސަލަތަކައް

ވިޓަމިން އޭ އަކީ ލޮލަށް ވަރަށް މުހިއްމު މާއްދާއެކެވެ. އެގޮތުން ހެލަބެލީގައި ވަރަށް ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނެއެވެ. މީގެ އިތުުރުން ލޮލުގެ ތެއްކަން ހިކުމުން ދުރުކޮށްދިނުމަށް ވެސް ހެލަބެލި އެހީތެރިވެދެއެވެ.

އާންމު ބަލިތަކާ އިންފެކްޝަންތަކުން ދުުރުކޮށްދޭ

ހެލަބެއްޔަކީ އާންމުބަލިތަކުން ދުރުކޮށްދީ ހަށިގަނޑު ރައްކާތެރިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ވިޓަމިން ސީ މަދުވުމުން ދިމާވާ މައްސަލަތަކުން ވެސް ހެލަބެލި ދުުރުކޮށްދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355