twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ނީރާއަށް އެހީވުމަށް ދެ ދުވަހުން 16708 ރުފިޔާ !

May 21, 2017

އުފަންވިއިރު ގޮހޮރުގެ ބަޔަކާއި ފުއްޕާގެ ބައެއް ބޭރުގައި ހުރި ތުއްތު ނިރާ ބިންތި މޫމިން ޔޫސުފްއަށް އެހީވުމުގެ ގޮތުން މިދިޔަ ހުކުރު އަދި ހޮނިހިރުދުވަހު ކުޅުދުއްފުށީގައި ވަނީ ފަންޑް ރައިޒް ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފަ އެވެ.

އެގޮތުން ނިރާއަށް އެހީވުމަށް ކަޕްކޭކް ވިއްކާ ފަންޑް ފޮށި ބަހައްޓާފަ އެވެ. ހުކުރު ދުވަހު ހަވީރު ކަޕްކޭކް ވިއްކައިގެންނާއި އެ ވަގުތު އެތަނުގައި ބަހައްޓާފައި ހުރި ފަންޑް ފޮށިތަކަށް ލިބިފައިވަނީ 8045.50 ރުފިޔާއާއި 5 ޑޮލަރެވެ. އަދި ހޮނިހިރު ދުވަހު ލިބިފައިވަނީ 8663.10 ރުފިޔާ އެވެ.

މިކަމުގައި އިސްކޮށް އުޅޭ ފަރާތުން ބުނީ މޫސުމް ގޯސްވުމުން ސަބަބުން ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. އަންނަ ބުރާސްފަތި ދުވަހުވެސް ކަޕްކޭކާއި އެހެންނިހެން ލުއިތަކެތި ވިއްކައިގެން ފަންޑް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ބުނީ ފަންޑް އިތުރުކުރުމަށް ފަންޑްފޮށިތަކެއް ބައެއް ފިހާރަތަކުގައި ބަހައްޓާފައިވާ ކަމަށާއި ސްކޫލުތަކުގައި ފަންޑްފޮށި ބެހެއްޓުމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. މިހަރަކާތްތައް ރަށުގެ ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ތުއްތު ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދިނުމަން ބޭނުންވާ ފަރާތްތަކުން ކުއްޖާގެ ބައްޕަ މޫމިން ޔޫސުފްގެ ބީއެމްއެލް ރުފިޔާ އެކައުންޓް (7710531838101) އަށް ފައިސާ ޖަމާކޮށްދިނުމަށް ވަނީ އެދިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355