twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނާއި އެއްގޮތަށް ރޯދަަމަހުގެ އިނާޔަތް ނުދޭކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ހާމަކޮށްފި

May 21, 2017

ދިވެހި ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރޯދަމަހުގެ އިނާޔަތް ދެމުން ނުދާ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ހާމަކޮށްފި އެވެ.

އެ އޮތޯރިޓީން މިއަދު އާންމު ކުރި އިއުލާނެއްގައި ވަނީ ރޯދަަމަހުގެ އިނާޔަތް ނުދޭ ކަމަށާއި އިނާޔަތް ދީފައިވާ ފަރާތްތަކުން ވެސް ދިވެހި ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެއިނާޔަތް ދެމުން ނުދާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރާ އިންސްޕެކްޝަން ތަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު ނަންބަރު 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ދޭންވާނެ ކަމަށެވެ.

އަދި އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަަމަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިހްތިޔާރު ލިބިގެންވާ ކަމެއް ކަމަށާއި މިއިހްތިޔާރުގެ ދަށުން ޕަބްލިކް ސެންޓަރގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަަމަހުގެ އިނާޔަތް ދިނުމުގައި އަމަލުކުރާނީ މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ކަމަށެވެ.

އޭގެ އިތުރުން ޕްރައިވެޓް ސެންޓަރގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަަމަހުގެ އިނާޔަތް ދިނުމުގައި އަމަލުކުރާނީ މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރައިވެޓް ސެންޓަރގައި މަސައްކަތްކުރާ މުވައްޒަފުންނާމެދު އަމަލުކުރާ އުސޫލުގެ މަތިން ކަމަށެވެ.

ވީމާ ވަޒީފާދޭ އެންމެހާ ފަރާތްތަކުންވެސް ރޯދަަމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން -/3000 ރުފިޔާ ދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355