twitterviber whatsapp telegramfacebookyoutube instagram
4th November 2025

މަކުނުދޫ ސްކޫލުގެ 2 ބުރީގެ ކުލާސް ރޫމް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް ދަނީ

May 22, 2017

ހދ މަކުނުދޫ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން އެސްކޫލުގައި އަޅަމުންދާ 2 ބުރީގެ ކުލާސް ރޫމްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދެއެވެ.

މަކުނުދޫ ކައުންސިލް ރައީސް މުހައްމަދު ޝާކިރު ކޭއޯއަށް ވިދާޅުވީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްކުރުމަށްޓަކާ ސަރުކާރުން އެ ސްކޫލުގައި އަޅަމުންދާ 2 ބުރީގެ ކުލާސް ރޫމްތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.މަކުނުދޫ ސްކޫލުގެ އާ އިމާރާތްގެ މަސައްކަތް–

މިމަޝްރޫއު ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޑެންޓާ އެވެ. 350 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މިމަސައްކަތް މިދިޔަ މާރިޗްމަހު ވަނީ އަމަލީ މަސައްކަތް ފަށާފަ އެވެ.

މިއަހަރު މަކުނުދޫ ސްކޫލުގައި ޖުމްލަ 336 ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355