twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހުކުރު މިސްކިތުގައި ޖަހާފައިހުރި ތަށިމުށިތަކުގެ ތެރެއިން ބައެއް މުށި ނެއްޓިއްޖެ

May 22, 2017

ކުޅުދުއްފުށީ ހުކުރު މިސްކިތުގެ މަތީ ބައިގައި ޖަހާފައިހުރި ތަށިމުށިތަކުގެ ތެރެއިން ބައެއް މުށިތައް ނެއްޓިއްޖެ އެވެ.

މިސްކިތުގައި ޖަހާފައި ހުރި މުށިތަކުގެ ތެރެއިން ނެއްޓިފައިވާހުރި މަތީ ބައިގައި ޖަހާފައިހުރި މުށިތަކުގެ ތެރެއިން ބައެއް މުށިތަކެވެ. އެންމެ ގިނައިން މުށި ނެއްޓިފައިވަނީ މިސްކިތުގެ ދެ ކައިރީގައި ހުރި މުށިތަކެވެ. ބައެއް މުށިތައް ހުރީ ބިއްދައިގެން ގޮހެވެ.

މިސްކިތުގެ މަތީ ބައިން މުށިތައް ނެއްޓިފައި–

މިސްކިތުގެ މުވައްޒަފު ބުނީ މުށިތައް ނެއްޓިފައިހުރިތައް ފެނުނީ އާދިއްތަ ދުވަހު މިސްކިތް ސާފުކުރަން އައުމުން ކަމަށެވެ. އެމީހުން ބުނީ މިއަދު ސާފުކުރަން ތިއްބާވެސް ބައެއް މުށިތައް ނެއްޓިފައިވާ ކަމަށެވެ.

” މިއަދު ހެނދުނު ސާފުކުރަން ތިއްބަވެސް އަޑުފައްގަނޑެއް ކިޔާފައި މުށިތަކެއް ނެއްޓުނު ” މިސްކިތުގެ މުވައްޒަފަކު ބުންޏެވެ.

މިސްކިތުގެ ތިރީގެ އެއްވެސް ބައެއް މުށިތައް ނެއްޓިފައެއް ނުވެ އެވެ. މަތީ ބައިގެ މުށިތައް ނެއްޓުމުން އެތަން ބޭނުން ނުކުރުމަށް އެދި ކައުންސިލުންވަނީ ލިޔުން ހަރުކޮށްފަ އެވެ.މިސްކިތުގެ މަތީ ބައިން މުށިތައް ނެއްޓިފައި–

މިސްކިތުގެ މުށިތައް ނެއްޓެއްމުންދާތީ އެކަމުގެ ސަމާލުކަން ކައުންސިލަށް ލިބިފައިވާ ކަމަށާއި ތަށިމުށިތައް ނެއްޓެމުންދަނީ އާދައިގެން ސިމެންތި ބޭނުންކޮށްގެން މުށި ޖަހާފައިވާތީ، ހޫނުގަދަ ދުވަސްތަކަކަށްފަހު ފިނި ދުވަސްތަކެއް އައުމުންކަމަށް ލަފާކުރެވޭކަމަށް ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މިސްކިތުގެ މަތީ ބައިގެ ހުރިހާ މުށިތަކެއް ނައްޓައި، ބޮޑު މަރާމާތެއް ކުރަންޖެހޭނެކަމަށެވެ. ރޯދައިގެ ކުރިން ކައުންސިލުގެ ހަރަދުގައި މިސްކިތުގެ އެމަރާމާތު ކޮށްދޭނެ ފަރާތެއް ކުޅުދުއްފުށިން ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވެފައިނުވާތީ، އެމަސައްކަތް ކުރެވޭނީ ރޯދަމަހުގެ ފަހުން ކަމަށް އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355