ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ބައްދަލުވުން މިމަހު 25 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ހަމަޖައްސާފައި ވާއިރު މި ރަސްމިއްޔާތުގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށާއި ރަމަޟާން މަހުގެ ހަނދާއި ބެހޭގޮތުން ފަލަކީ ކޮމިޓީގެ ނިންމެވުން މީޑިއާ މެދުވެރިކޮށް އާއްމުކޮށް ޢިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީލާދީ ކަލަންޑަރުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 27 ވާ ހޮނިހިރު ދުވަހެވެ.