twitterviber whatsapp telegramfacebookyoutube instagram
14th August 2026

މަތީ ސާނަވީ ގަދަ 10 ގައި ޖަލާލުއްދީން ސްކޫލްގެ 3 ދަރިވަރަކު ހިމެނިއްޖެ

May 23, 2017

2016 އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެތެރޭގައި ޖަލާލުއްދީން ސްކޫލްގެ 3 ދަރިވަރަކު ހިމެނިއްޖެއެވެ.

އެގޮތުން ގަދަ 10 ގެ 2 ވަނަގައި 2 އޭސްޓާރ، 2 އޭ އަދި 1 ބީ ހޯދައިގެން އައިމިނަތު ހުމައިދާ ހިމެނިފައިވާއިރު 3 އޭ އަދި 2 ބީ ހޯދައިގެން އަލީ ނާޖިހް ވަނީ 4 ވަނައިގައި ހިމެނިފައެވެ. އަދިި 3 އޭ، 1 ބީ އަދި 1 ސީ ހޯދައިގެން 5 ވަނަގައި ހިމެނިފައިވަނީ އައިޝަތު ޖަޒީލާ ހުސެއިންނެވެ.

ގަދަ 10އަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްްޔާގެ ނައިބު އަބްދުﷲ ޖިހާދެވެ.

ގަދަ 10 ހިމެނުން ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ހަވާލްކޮށްދެއްވާފައިވަނީ ނައިބްރައީސް އަބްދުﷲ ޖިހާދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.

މިދިޔަ އަހަރު ގަދަ 10ގައި ވަނީ 21 ސްކޫލަކުން 189 ދަރިވަރަކު ހިމެނިފައެވެ. އޭގެ ތެރެއިން 38 ދަރިވަރަކުވަނީ ފަސް މާއްދާއިން “އޭ” ހޯދައިގެން އެއްވަނަ ހޯދައިފައެވެ. އަދި އޭލެވެލް ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ 8 ދަރިވަރަކު ވަނީ ހިމެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355