twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

May 24, 2017

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއަދު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިކަން އިއުލާންކޮށް ބީއެމްއެލް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެކު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެތާނގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެއަހަރު ފިރިހެން ސީނިއަރ ގައުމީ ޓީމާ، އަންހެން ސީނިއަރ އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެންދާނެއެވެ. މިގޮތުން މި ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިންގ ހިމެނިގެންދާނެއެވެ. އަދި ގައުމީ ޓީމުތައް ކުޅޭ ބައިނަލްއަގްވާމީ މެޗުތަކުގައި ސަޕޯޓުކުރުމަށް ބޭނުންކުރާ ދިދަ އާއި ބެނަރ އަދި އެހެނިހެން ތަކެތި ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކުޅުންތެރިންވަނީ ބީއެމްއެލްގެ ބްރޭންޑިންގ ޖަހައިގެން ހަދާފައިވާ ގައުމީ ޓީމުގެ އާ ޖާރޒީ ދައްކާލާފައި ވައިރު ބޭންކުން ވަނީ އެފްއޭއެމް ޓްރެވަލް ކާޑުގެ ނަމުގައި ހާއްސަ ޕްރިޕެއިޑް ކާޑެއްވެސް މިއަދު އިފްތިތާހުކޮށްފައެވެ.

އެގޮތުން ސީނިއަރ ގައުމީ ޓީމު ރާއްޖޭން ބޭރަށް ކުރާ ކޮންމެ ދަތުރެއްގައި މި ކާޑު ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355