twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަތޮޅުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދަން ބަޔަކާ ހަވާލުކޮށްފި

May 24, 2017

ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި މި ނިޒާމް ގައިމް ކުރުމަށް މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 9.9 މިލިއަން ޑޮލަރު (152.65 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗަންގްޒޫ ޓްރީނާ ސޯލާ އެނާޖީ ކޯޕަރޭޝަން ލިމިޓެޑާ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ހދ. އަތޮޅުގެ ރަށްތަކުގައި 2.27 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓް ގާއިމް ކުުރާ އިރު، 1.49 މެގަވޮޓްގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމެއް ގާއިމް ކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި 14 ޖެނެރޭޓަރު ސަޕްލައިކޮށް އިންސްޓޯލް ކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ގްރިޑް އަޕްގްރޭޑް ކުރުމުގެ ގޮތުން 47.35 ކިލޯ މީޓަރުގެ ކޭބަލް އަޅައި، 425 ޑިސްޓްރިބިއުޝަން ބޮކްސް ބަހައްޓާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ވަނީ، ހއ. އަތޮޅުގެ ރަށްތަކުގައި ވެސް އެ ސިސްޓަމް ގާއިމް ކުރުމަށް ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ ވެސް ޗަންޒޫ ޓްރީނާ ސޯލާ އެނާޖީ އާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355