ދިވެހި ރާއްޖޭގެ ގުޅުން (ދިރާގުން) އެ ކުންފުނީގެ މައިގަނޑު ކުލަ އޮރެންޖް ކުލައަށް ބަދަލުކޮށް މުޅިން އާ ލޯގޯއެއް ތައާރަފްކޮށްފި އެވެ.
“ޓޭކް އޮން ޓުމޯރޯ” ނުވަތަ “މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު” މި ޝިޔާރު ހިޔާރުކޮށް، މި ބްރޭންޑިންގަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ސިގްނަލްކޮށްދޭ ބަދަލެއް ކަމަށާއި، ޒަމާނީ ވިސްނުމާއި އުޖާލާ މުސްތަގްބަލަކާއި އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ދިރާގުގެ މިބްރޭންޑް ކަށަވަރުކޮށްދެނީ ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ނުވަތަ ލައިފްސްޓައިލް ޑްރިވަން ޑިޖިޓަލް ސާވިސަސް ޕްރޮވައިޑަރެއްކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މި ތައާރަފްކުރި އާ ބްރޭންޑްގެ މަގްސަދަކީ ގުޅުން ބަދަހިކުރުމާއި، ބާރުވެރިކުރުމާއި އިނޮވޭޓްކުރުމަށް ހިތްވަރުދިން ކަމަށާއި ދިރާގަކީ ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަގްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަން މިއާބްރޭންޑުންވެސް ކަށަވަރުކޮށްދޭ ކަމަށް ދިރާގުން ބުނެއެވެ.