މިއަހަރުގެ ރަމަޟާން މަހުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމުގައި ރަސްމީކޮށް ކަނޑައަޅައިފި އިއުލާންކޮށްފި އެވެ.
މިއަހަރުގެ ބަރަކާތްތެރި ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި ފަލަކީ ކޮމެޓީން މިރޭ ބޭއްވި ޖަލްސާއަށް ނެރުނު ގަރާރުގައި ބުނެފައި ވަނީ ހޮނިހިރު ދުވަސް ކަމަށް ނިންމާފައި ވަނީ މިރޭ ރާއްޖެ އަށާއި އަދި އެއްވެސް އިސްލާމީ ގައުމަކަށް ހަނދު ފެނިފައި ނުވާތީ ކަމަށާއި ރާއްޖެ އަށާއި އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ފެނުމުގެ ފުރުސަތު ނެތް ކަމަށް ފަލަކީ ހިސާބުން ދެއްކުމުން ކަމަށެވެ.
އަދި ޝައުބާން މަހުގެ 30 ވަނަ ދުވަހަކީ މާދަމާ ކަމަށާއި ރަމަޒާން މަހުގެ އެއްވަނަ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމަށެވެ.
ބަރަކާތްތެރި ރަމަޒާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.